ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލީޝަންގެ ލީޑަރުން

ހަބަރު

ޕީޕީއެމް/ ޕީއެންސީ ޕްރައިމަރީ އިންތިޚާބު އަންނަމަހަށް ފަސްކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 15 ޑިސެންބަރު 2023 , ހުކުރު 19:58   493

ސަރުކާރު ހިންގާ ޕީޕީއެމް/ ޕީއެންސީ ކޯލީޝަނުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކެންޑިޑޭޓުްނ ހޮވުމަށް ބާއްވާ އިންތިޚާބު [ޕްރައިމަރީ] ބޭއްވުން ފަސްކޮށްފިއެވެ.

މީގެކުރިން މިހިނގާ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ އިންތިޚާބު، މިހާރު އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށް އެކޯލީޝަނުން އިޢްލާނުކޮށްފިއެވެ.

އެ ކޯލީޝަނުން މަޢްލޫމާތު ދެއްވާގޮތުގައި، ތަރީޚަށް ބަދަލު ގެންނަންޖެހުނީ ސްކޫތަކުގެ ބަންދުވުމާއި ދިމާވުމުގެ ސަބަބުން، ގިނަ ޢަދަދެއްގެ ބަޔަކު، ޢުމްރާގެ އަޅުކަން އަދާކުރުމަށާއި އެކި އެހެނިހެން ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދާންޖެހުމުންނެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް ވޯޓުލުމުގައި ބައިވެރިނުވެވިދާނެތީއެވެ.

އަދި މިފަދަ ގޮތަކަށް ބަދަލުގެނެވުނީ ޢާއްމު މެމްބަރުންނާއި، ކެންޑިޑޭޓުންނާއި މަޝްވަރާ ކުރުމަށްފަހުކަމަށް ވެއެވެ.

ސަރުކާރު ހިންގާ ކޯލީޝަނުން ބޭނުންވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދުމަށެވެ. އެހެންކަމުން އެކޯލީޝަނުން އިދާރީ ހުރިހާ ދާއިރާތަކަށް ކެންޓިޑޭޓުން ނެރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ޓެގްސް: ޕީޕީއެމް ޕީއެންސީ ރައްޔިތުންގެ މަޖިލިސް މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.