ސިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި ޑޮކްޓަރަކު ޚިދުމަތްދެނީ، އާ އުސޫލަށް ޢަމަލުކުރަން ފަށާނީ އާދީއްތަ ދުވަހުން ފެށިގެން

ހަބަރު

އާސަންދަ: 'ޑޮކްޓަރު އެދޭނަމަ' ބޭސް ސިޓީގައި ބުނާ ބްރޭންޑް ނޫން ބްރޭންޑަކަށް ބޭސް ދޫނުކުރެވޭގޮތް ހަދައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 16 ޑިސެންބަރު 2023 , ހޮނިހިރު 10:52   534

ބޭސް ސިޓީގައި ބުނާ ބްރޭންޑް ނޫން ބްރޭންޑަކަށް ބޭސް ދޫނުކުރެވޭގޮތް އާސަންދަ ކުންފުނިން ހަދައިފިއެވެ.

އެކަމަކު އެގޮތަށް ޢަމަލު ކުރާނީ ހަމަައެކަނި ބޭސް ސިޓީ ދުކުރާ ޑޮކްޓަރަކު އެގޮތަށް ބޭސް ބަދަލުނުކުރެވޭނަކަމަށް ބަޔާންކުރަނަމަކަމަށް އެކުންފުނިން ޢާއްމުކުރި ސާކިރުލާގައި ބުނެފައިވެއެވެ.

"ބޭހެއް ނޫނީ ބަލި މީހާއަށް ދޫނުކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި، ބޭސް ފިހާރައިން އެ ނޫން ބޭހެއް ބަލި މީހާއަށް ދޫކޮށްގެން ނުވާނެ" ކުންފުނީގެ ސާކިއުލާގައި ވެއެވެ.

އަދި އާސަންދަ ސްކީމްގެ ތެރެއިން އެބްރޭންޑެއްގެ ބޭހެއް ނެތިގެން ބަދަލުކުރާނަމަ އެކަން ބޭސް ހޯދުމަށް އެދި ދާފަރާތަށް ބޭސްފިހާރައިން އަންގަންޖެހެއެވެ.

އެކުންފުނިން ބުނެފައިވަނީ، މިއުސޫލަށް ޢަމަލުކުރާނީ އާދީއްތަ ދުވަހުން ފެށިގެންކަމަށެވެ.

މި މައްސަލަ އަކީ ފަހަކަށް އައިސް ގިނަބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާކަމެކެވެ. ބައެއް ބޭސްފިހާރަތަކުން އެމީހުން ބޭނުންވާ އަދި އެމީހުންނަށް ފަިދާ ބޮޑުވާ ބްރޭންޑްތަކުގެ ބޭސްތައް ވިއްކަން މަސައްކަތް ކުރާއިރު، ބައެއް ބޭސްތަކުގެ އަގުތަކުގައި ވެސް ބޮޑެތި ފަރަޤުތައް ހުރެއެވެ.

މިދިޔަ އަހަރު ސަރުކާރުން ޢާއްމުކޮށްފައިވާ މަޢްލޫމާތުތަކަށް ބަލާއިއިރު، އެވްރެޖްކޮށް ބޭސް ފިހާރަތަކުން ބޭސްވިކަނީ 400 ޕަސެންޓަށްވުރެ ބޮޑު ފައިދާއަކާއިއެކުއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑު އަސަރެއް ކުރަމުންދާތީ، ނިމިދިޔަ ސަރުކާރުން ވަނީ ބޭހުގެ އަގު ކޮންޓްރޯލްކުރަން މަސައްކަތް ފަށާފައެވެ. ނަމަވެސް، އެކަން އެންމެ ރަނގަޅަށް ތަންފީޒުކުރެވިފައި ނުވެއެވެ.

ޓެގްސް: އާސަންދަ އިޖްތިމާޢީ ރައްކާތެރިކަން ފާމަސީ އަދި ބޭސްވެރިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.