ޤައުމީ އެއަރލައިނުގެ އިސް ބޭފުޅުން، 28 ވަނަ ދުވަހާއި ހަމައަށް ޖާގަ ނުލިބޭ

ހަބަރު

އައްޑޫސިޓީ: ޗުއްޓީ ނުފެށޭ، މޯލްޑިވިއަންގެ ޓިކެޓްތައް ހުސްވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 16 ޑިސެންބަރު 2023 , ހޮނިހިރު 11:48 1   1248

ސްކޫލްތަކުގެ ޗުއްޓީ ނުފެށެނީސް މޯލްޑިވިއަންގެ ޓިކެޓްތަކަށް ބާރުބޮޑުވެ ޓިކެޓް ލިބުން ދަތިވެއްޖެއެވެ.

މިވަޤުތު ދުވާލަކު ހަތަރު ފްލަޓް މާލެއިން ގަމަށް ބާއްވަމުން އަންނައިރު މިމަހުގެ 28 ގެ ކުރިން ޖާގަ ދެވެން ނެތްކަމަށް މޯލްޑިވިއަންގެ ރިޒަވޭޝަން ޑެސްކުން ބުނެފައިވެއެވެ.

މީގެ ސަބަބުން ވަކިން ޚާއްޞަކޮށް އައްޑޫ ރައްޔިތުންގެ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ. ބޭސްވެރިކަމުގައި އާއި އެކި މުހިއްމު އެތައް ބޭނުމަކަށް ވެރިރަށް މާލެ ނުދެވިފައިތިބި މީހުންގެ ނުރުހުން ޤައުމީ އެއަރލައިން ހިންގާ ކުންފުނި، މޯލްޑިވިއަން އަށް އަންނަނީ އަމާޒުވަމުންނެވެ.

މިކަމާއި ގުޅިގެން އެކްސްޕްރެސް ނިއުސް އިން މޯލްޑިއަންގެ ބޭފުޅަކާއި ވާހަކަ ދައްކާލުމުން ވިދާޅުވީ ފްލައިޓްތައް އިތުރުކުރަން އަދި ރޭވިފައި ނެތް ކަމަށެވެ.

މޯލްޑިވިއަނުން އެތައް ފަހަރެއްގެ މަތިން އައްޑޫގައި ފްލައިޓްތައް އިތުރުކުރާނެކަމަށާއި، ސީޕްލޭން އޮޕަރޭޝަން ފަށާނެކަމަށާއި، އަގުތައް ތިރިކޮށް، ހުވަދޫ އަތޮޅަށް އޮތް ކަނެކްޓިވިޓީ ރަނގަޅުކޮށްދޭނެކަމަށް ވަޢުދުވެފައިވެއެވެ. މިދިޔަ ހަފްތާ ތެރޭގައި ވެސް މިފަދަ އެއްބަސްވުމެއްގެ ވާހަކަ މޯލްޑިވިއަނުން ބުނެފައިވެއެވެ.

މޯލްޑިވިއަނުން ފްލައިޓްތައް އޮޕަރޭޓްކުރާގޮތުން، އައްޑޫގައި ހެދިފައިވާ ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް ވެސް އަންނަނީ ބޮޑެތި ގެއްލުންތަކެއްވަމުންނެވެ. ކުރިއަށް މިއޮތް ދެ ހަފްތާ އަކީ އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމް އެންމެ މައްޗަށް ދާ ދުވަސްވަރެވެ.

އައްޑޫގެ ޓޫރިސްޓް ޕްރޮޕަޓީތަކުން ބުނަނީ، އައްޑޫގެ ދަތުރުފަތުރަށް އޮތް ޙައްލަކީ، އައްޑޫގައި އިންޓިނޭޝަނަލް އެއަރޕޯޓެއް އޮވެފައި، ރާއްޖެއިން ބޭރުން އަންނަ ފްލައިޓްތައް މާލޭގައި ޓްރާންސިޓްކުރުމަށްފަހު އައްޑޫ އަށް އަންނަން ބޭނުންވާ ފްލައިޓްތަކަށް އެފުރުޞަތު ހުޅުވާލުން ކަމަށެވެ.

މަޢްލޫމާތު ލިބޭގޮތުގައި ބޭރުގެ ހަތަރު އެއަރލައިނަކުން މިހާރުވެސް އޮތީ އެ އެފަދަ ދަތުރުތައް ފެށުމަށް ތައްޔާރަށެވެ. ނަމަވެސް، ނުފެށެނީ ސަރުކާރުން ހުއްދަ ނުދޭތީ އާއި ޤައުމީ އެއަރލައިނުން އެކަމަށް ހުރަސް އަޅަމުން ދިއުންކަމަށް އެފަރާތްތަކުން ބުނެއެވެ.

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް ސްރީލަންކަން އެއަރލައިންސް މޯލްޑިވިއަން ދަތުރުފަތުރު ވައިގެ ދަތުރުފަތުރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.