ޕީއެންސީގެ އިސް ބޭފުޅުން، ރާއްޖޭގައި 10 ސިޔާސީ ޕާޓީއެެއް ހިންގާއިރު އަދިވެސް އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައި

ހަބަރު

އެމްއެންޕީ އާއި ޑިމޮކްރެޓްސްއަށް ބަޖެޓް ނުލިބޭ، ޕީއެންސީ އިން 18،000 ފޯމާއިއެކު މެމްބަރޝިޕް މެކުހަށް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 17 ޑިސެންބަރު 2023 , އާދީއްތަ 10:40   361

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް 18،000 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކަމިޝަންގެ ރަސްމީ ދަފްތަރުގައިވާގޮތުން ރާއްޖޭގައި މިވަޤުތު ރަޖިސްޓްރީކޮށްގެން ހިންގާ 10 ސިޔާސީ ޕާޓީއެއް އެބައޮތެވެ.

ޕާޓީތަކުގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ 10،000 މީހުން ހަމަކޮށް ދައުލަތުން ދޫކުރާ ފައިސާ ހޯދުމެވެެ. ނަމަވެސް ވެރިކަން ކުރާ ޕާޓީ ޕީއެންސީ އިން އަންނަނީ އާދަޔާޚިލާފު ކާމިޔާބީތަކެއް ހޯދަމުންނެވެ.

އީސީ އިން މަޢްލޫމާތު ދެއްވާގޮތުގައި މިދިޔަ އަހަރުވެސް އަދި މިއަހަރު ވެސް 6 ސިޔާސީ ޕާޓީއަކަށް ދައުލަތުން ދޫކުރާ ފައިސާ ލިބޭނެވެ. އޭގެތެރޭގައި މިދިޔައަހަރު ހިމެނުނު މޯލްޑިމްވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) މިފަހަރު ނުހިމެނެއެވެ. އަދި ކުރިން ނުހިމެނޭ ޕީއެންސީ މިފަހަރު ހިމެނިގެންދާނެއެވެ.

ޕީއެންސީއަށް 10،000 މީހުން ހަމަވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. މިއާއިއެކު ސަރުކާރު ހިމެނޭ ދެ ޕާޓީއަށް ވެސް ފަންޑު ލިބިގެންދާނެއެވެ.

ދިހަ ހާސް މީހުން ހަމަވެފައިވާ ޕާޓީތައް

  • އެމްޑީޕީ
  • ޕީއެންސީ
  • ޕީޕީއެމް
  • އަދާލަތު
  • ޖޭޕީ
  • އެމްޑީއޭ

މިހާތަނަށް އައިއިރު ދަ ޑިމޮކްރެޓްސް އާއި ރައީސް ޔާމީން އުފެއްދެވި ޕީއެންއެފް އަށް 10،000 މީހުން ހަމަނުކުރެވޭތީ ބަޖެޓް ފައިސާ ލިބޭނެކަމަކަށް ނުބެލެވެއެވެ.

ޓެގްސް: ޕީޕީއެމް ޕީއެންސީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.