ވަޒީރުންގެ މަޖިލީސް | ސަރުކާރުން ވަޒީރުން ކުރަންވާކަންކަން ބަޔާކޮށް ފޮނުވަންޖެހޭ މެންޑޭޓް ނުފޮނުއްވާކަމަށް މެމްބަރުން ފާހަގަކުރައްވާ

ހަބަރު

30 ދުވަސް ފަހަނަޅައި، މެންޑޭޓް ފާސްނުކުރާކަމަށް ބުނެ މިނިސްޓަރުންނަށް ރުހުންދިނުމުގެ މައްސަލަ މަޑުޖެހިއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ޑިސެންބަރު 2023 , ހޯމަ 11:04   714

މެންޑޭޓް ފާސްނުކުރާކަމަށް ބުނެ މިނިސްޓަރުންނަށް ރުހުންދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

މެންޑޭޓްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ވަޒީރުންގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކުގެ ވާހަކައެވެ.

މިމައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސެން ވިދާޅުވީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ޤަވާޢިދުގެ 200 ވަނަ މާއްދާއާއި ޚިލާފަށްކަމަށެވެ.

އަދި ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއާއި އެއްގޮތަށް، 30 ދުވަސް ވެގެންދިޔައިރު ސަރުކާރުގެ ވުޒާރާތަކުގެ މެންޑޭޓް ފާސްކުރަން ފޮނުއްވާފައިނުވާކަމަށާއި މެންޑޭޓްތައް ދިރާސާނުކޮށް ވަޒީރުންނަށް ރުހުންދިނުމާއި ގުޅޭގޮތުން ސުވާލު އުފެއްދެވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ މެންޑޭޓްތަކަށް ބެލުމަށްފަހު ކޮމިޓީގެ ރިޕޯޓްގައި ވަޒީރަކަށް ރުހުންދިނުމަށް ފެނޭކަން ނުވަތަ ނޫންކަން ބަޔާންކުރަން ޖެހޭކަމަށެވެ.

މިމައްސަލަ ޙިސާން ނެންގެވުމުން، ރިޔާސަތުން ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑާރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރައްވަންކަމަށް ވިދާޅުވެ ހުސް ވަޤުތުކޮޅެއް ނަންގަވާފައެވެ.

އޭގެފަހުގައި ރިޔާސަތުން ނިންމެވީ މައްސަލަ ކޮމިޓީއަށް ފޮނުއްވުމަށް ނިންމަވާފައެވެ.

އެހެންކަމުން، ދެން އަލުން ވަޒީރުންގެ ރުހުމުގެ މައްސަލަ މަޖިލީހުގައި ތާވަލުވެގެންދާނެ އިރެއް ސާފެއް ނުވެއެވެ.

އެމްޑީޕީއިން ބޭނުންވަނީ ރުހުންދިނުމުގެ މައްސަލަ މަޑުޖައްސާލުމަށްފަހު މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލުމަށެވެ. އަދި މިމުއްދަތުގައި މަޖިލީހުގައި ނުނިމިހުރި ބައެއް ބިލްތައް ނިންމަން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ނަމަވެސް، އިދިކޮޅުން އަންނަނީ މިކަމާއި ނުރުހުން ފާޅުކުރަމުންނެވެ.

ޓެގްސް: ސަރުކާރު ކެބިނެޓް މިނިސްޓަރުން ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.