މަޖިލީހުގައި މިއަދު ނެގުނު ވޯޓު، މިއަދުގެ ޖަލްސާގައި މްޖިލީހުގެ ޤަވާޢިދަށް ވެސް ބޮޑެތި ބަދަލުތައް ގެނެސްފައިވޭ

ހަބަރު

64 މެމްބަރުންގެ އިއްތިފާގުން، މަަޖިލީހުގެ ދައުރު ޑިސެމްބަރު 28 ގެ ނިޔަލަށް ދަންމާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ޑިސެންބަރު 2023 , ހޯމަ 14:20   830

ރައްޔިތުންގެ މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލައިފިއެވެ.

މަަޖިލީހުގެ ދައުރު ދަންމާލާފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މަޖިލީހުގެ ދައުރު ދިގު ދަންމާލި ތިންވަނަ ފަހަރެވެ.

މީގެ ކުރިން ދައުރު ދިގު ދަންމާލާފައިވަނީ ދައުލަތުގެ ބަޖެޓް ފާސްވުން ލަސްވުމާއި ގުޅިގެންނެވެ. މިފަހަރު ސަބަބެއްކަމުގައި ރިޔާސަތުން ވިދާޅުވީ ވަޒީރުންނަށް ރުހުންނުދެވި ލަސްވުމާއި ގުޅިގެންކަމުގައެވެ.

ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލައިގައި، ސަރުކާރުން ވަޒީރުންގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތަކާއިގުޅޭ ތަފްޞީލްތައް ފޮނުއްވާފައިނުވާކަމަށް ބުނެ، އެމައްސަލަ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

މި ގޮތަށް ކޮމިޓީއަށް ފޮނުއްވުމަށް ވޯޓަށް އެހުމުން ވަޑައިގެން ތިއްބެވި 64 މެމްބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް އަމަލުކުރުމަށް ފާސްކޮށްފައެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ޤަވާއިދަށް ވެސް ބޮޑެތި އިސްލާޙްތައް ގެނެސްފައިވެއެވެ.

ހަމައެހެންމެ އިންޑަސްޓްރިއަލް ރިލޭޝަނާއި ގުޅޭ ބިލް ވެސް ފާސްކޮށްފައިވެެއެވެ.

އިދިކޮޅު އެމްޑީޕީގައި 70 އިންސައްތަ ގޮނޑިއާއިއެކު މިހާރު މަޖިލީހުގެ ސުޕަރމެޖޯރީޓި އޮތްއިރު، އެޕާޓީ އިން އަންނަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުން އަޒުލުކުރަން މަސައްކަތްކުރަމުންކަމަށް މަޢްލޫމާތު ލިބެއެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.