ރައީސް މި ބިޔަ ޕްރޮޖެކްޓްގެ މަސައްކަތް ފައްޓަވާދެއްވަނީ، މަސައްކަތް ޙަވާލުކުރައްވާފައިވަނީ ލަންކާގެ ކުްންފުންޏަކަށް

ހަބަރު

ރަސްމާލެ، ތިމާވެއްޓާއި ރައްޓެހި އަދި ރައްކާތެރިތަނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ވިސްނުމުގައި - ރައީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޑިސެންބަރު 2023 , އަންގާރަ 09:56   399

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 'ރަސްމާލެ' ބިންހިއްކުމުގެ ބިޔަ ޕްރޮޖެކްޓްގެ މަސައްކަތް އިއްޔެ ފައްޓަވާދެއްވާފައެވެ.

ރަސްމާލެ އަކީ މާލެއާއި ކައިރިން އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެން ދިވެހި 65،000 ރައްޔިތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމާޒުކުރެވިގެން ސަރުކާރުން ހިންގަވަން ފައްޓަވާފައިވާ މެގާ މަޝްރޫޢުއެކެވެ.

ރައީސުލްޖުމްހޫރިއްޔާ މިމަޝްރޫޢު ފައްޓާވައިދެއްވުމަށްފަހު ވިދާޅުވީ، އެބިން ތަރައްޤީ ކުރާނީ ޒީރޯ ކާރބަން [ތިމާވެއްޓާއި ރައްޓެހި]، ސޭފް އައިލެންޑް [ރައްކާތެރި] ޚިޔާލާއި ޑިޒައިންތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަސްމާލޭގައި ތަރައްޤީކުރާ ހުރިހާ ވަސީލަތްތައް ޤާއިމުކުރުމުގައި ވެސް ތިމާވެއްޓާއި ރަށްޓެހި ގޮތްތައް ޚިޔާރުކުރައްވާނެ ކަމަށާއި، މިތަން ތަރައްޤީކުރާނީ ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާޙައުލެއް ބިނާކުރެވޭނެ ގޮތަކަށްކަމުގައެވެ. އަދި ދުއްވާ އުޅަނދުފަހަރު ވެސް ވެގެންދާނީ ތިމާވެށްޓާއި ރައްޓެހި ޙަކަތަ ބޭނުންކޮށްގެން ދުއްވާ އުޅަނދުފަހަރަށް ކަމުގައެވެ.

މިމަޝްރޫޢު މާކެޓްކުރުމަށް ސަރުކާރުން ބޭނުންކުރައްވަން ނިންމަވާފައިވާ ޓެގްލައިން އަކީ "މޯލްޑިވްސް އިކޯ ސިޓީ" އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ނައިބު އާއި ގިނަ ޢަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިބިން ހިއްކުމަށް ސަރުކާރުން މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނުއްވި ފައިސާ ރައްޔިތުންގެ މަޖިލީހުން ވަނީ އުނިކުރައްވާފައެވެ.

ފުށިދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނި، ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓަރަކްޝަން ކުންފުންޏާއެވެ. އެކުންފުނިން އަންނަނީ ރާއްޖޭގެ އެހެން ބައެއް މިފަދަ މަސައްކަތްތައް ވެސް ކުރަމުންނެވެ.

މިލިޔުމާއި ގުޅޭ:

ފޮޓޯތައް

ޓެގްސް: ރަސްމާލެ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.