ސަރުކާރުގެ ރަސްމީ ޙަފްލާއެއްގައި ޤައުމީސަލާމް ކިޔަނީ

ހަބަރު

އާދަކަދާއާއި ގުޅޭ ކަމަކަށް ވާތީ ޤައުމީ ސަލާމްކިއުން ހުއްދަކަމަށް ފަތަވާ މަޖިލީހުން ނިންމައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 19 ޑިސެންބަރު 2023 , އަންގާރަ 17:44   349

އާދަކަދާއާއި ގުޅޭ ކަމަކަށް ވާތީއާއި ކަނޑައެޅިގެން ޙަރާމްކަމެއްގެ ގޮތުގައި ސާބިތުނުވާތީ، ޤައުމީ ސަލާމްކިއުން ހުއްދަކަމަށް ފަތަވާ މަޖިލީހުން ނިންމައިފިއެވެ.

ފަތަވާ މަޖިލީހުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ޤައުމިއްޔަތަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި، ޤައުމީ ސަލާމް ސްކޫލްތަކުގެ އެސެމްބްލީގައި ކޮންމެހެން ކިޔަންޖެހޭގޮތަށް ސަރުކާރުގެ ކެބިނެޓުން މިމަހުގެ 5 ވަނަދުވަހު ހަމަޖެއްސެވުމާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދި ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަތަވާ މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ސަރުކަރުން ދީނީ ކަންކަމުގައި އެންމެ އިސް ބަސް ބުނުމަށް އުފައްދާފައިވާ މަޖިލީހެކެވެ.

ބައެއް މަދު ދީނީ ޢިލްމުވެރިން ބުނާގޮތުން ޤައުމީ ސަލާމްކިޔާއިރު ކޮޅަށް ތެދުވުމާއި މޭމަތީގައި އަތް އެޅުމަކީ އިސްލާމީ ޢަޤީދާއާއި ފުށުއަރާ ކަމެއްކަމަށެވެ.

މިއަދުގެ ފަތަވާ މަޖިލީހުން ނިންމެވީ މި ކަމަކީ ޒަމާނުއްސުރެ ދިވެހިންގެ އާދަކާދައާއި ސަޤާފަތާއި ގުޅޭކަމެއްކަމަށާއި، މިކަން ޙަރާމްކުރާނެ ސައްޙަ ދަލީލެއް ނެތްކަމަށެވެ.

މީގެ ޒަމާންތަކެއް ކުރިން ވެސް ސްކޫލްތަކުގައި އެސެބްލީ ފަށާފައިވަނީ ޤައުމީ ސަލާމުންނެވެ. ނަމަވެސް ދީނީ ޚިލާފްތަކާއި ހެދި އެކަން ކުރުން ބައެއް ސްކޫލްތަކުގައި ހުއްޓާލިއެވެ.

ޓެގްސް: އިސްލާމްދީން އިސްލާމިކް މިނިސްޓްރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.