ކުރިން ލީކުވެފައިވާ މިސިޓީގައިވަނީ މައްސަލައިގައި ދިވެހިސަރުކާރުގެ ވިސްނުން ބަދަލުކުރެއްވީ ޤައުމުތައް އިސްތިޢުމާތުކުރުމާއި ދެކޮޅުވާތީކަމަށް

ހަބަރު

ޗާގޯސް މައްސަލަ: މޮރިޝަސްގެ ރައީސަށް، ރައީސް ސޯލިޙް ފޮނުއްވި ދެ ސޮފްޙާގެ ސިޓީ ސަރުކާރުން ޢާއްމުކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 19 ޑިސެންބަރު 2023 , އަންގާރަ 19:31   633

ރާއްޖެއާއި މޮރިޝަސް އާއި ދެމެދު ޚިޔާލު ތަފާތުވެފައިވާ ޗާގޯސް އައިލެންޑްގެ މައްސަލައިގައި، ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީފުޅު ޢާއްމުކުރައްވައިފިއެވެ.

މިސިޓީ ޢާއްމުކުރައްވަމުން ސަރުކާރުން ބުނެފައިވަނީ، މި ސިޓީ ޢާއްމުކުރައްވަނީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޢަމަލުކުރެއްވުމުގެ ގޮތުންކަމަށެވެ.

މިސިޓީ އަކީ މީގެ ކުރިން ލީކުވެފައިވާ ސިޓީއެކެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެކަން ކަށަވަރުކޮށްދެއްވާފައި ނުވެއެވެ. އަދި ވިދާޅުވީ ރާއްޖެއަށް ގެއްލުންވާނެ އެއްވެސްކަމެއްގެ ވާހަކަ އެސިޓީގައި ހިމެނިފައި ނުވާނެކަމަށެވެ.

ޢާއްމުކޮށްފައިވާ ދެ ސޮފްޙާގެ ސިޓީގައިވާގޮތުން، ޗާގޯސްގެ މައްސަލައިގައި އދ. ގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށާއި، އެއީ ގައުމުތައް އިސްތިއުމާރުކުރުމާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް ގެންގުޅޭ ވިސްނުމާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ރާއްޖެ އާއި މޮރީޝަސްއާއި ދެމެދު ފުށުއަރާ ސަރަޙައްދުގައި 95000 އަކަ ކިލޯމީޓަރުގެ ސަރަޙައްދު ހިމެނެއެވެ. ސަރަޙައްދުގެ 47000 އަކަ ކިލޯމީޓަރު ވަނީ ރާއްޖޭގެ އިމުގެ ގޮތުގައި އިޓްލޮސްއިން ކަނޑައަޅާފައެވެ. މޮރިޝަސްއަށް ލިބިފައިވަނީ 45000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެވެ.

ޗާގޯސް ޖަޒީރާ އަކީ ރާއްޖޭގެ ދެކުނުން އައްޑޫ އަތޮޅާއި 300 މޭލު (500 ކިލޯ މީޓަރު) ބޭރުން އޮންނަ ޖަޒީރާ ރަށްތަކެކެކެވެ. އެޖަޒީރާތައް އެކުލެވިގެންވަނީ 60 ރަށެއް، 7 އަތޮޅަކަށް ބަހާލެވިގެންނެވެ. އެތަނާއި ރާއްޖެ އާއި ހުރި ދުރުމިނަކީ ގާތްގަނޑަކަށް އައްޑޫ އާއި މާލެ އާއި ދޭތެރޭގެ ހުންނަ ދުރުމިނެވެ. މޮރިޝަސް އާއި އެތަނާއި ދެމެދު 1800 ކިލޯ މީޓަރުގެ ދުރުމިން ހުރެއެވެ. އެތަނުގެ އެންމެ ބޮޑު ރަށަށް ކިޔަނީ ޑިއެގޯ ގާސިއާ އެވެ. އެއީ 32 އަކަ ކިލޯ މީޓަރުގެ ރަށެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އަތޮޅު އޮންނަނީ ވެސް އެތަނުގައެވެ. ގިނަ ރަށްތައް ހުންނަނީ ކަނޑުގެ ލޮނުގަނޑަށްވުރެ އަޑިގައެވެ.

އޭރު، ރައީސް ސޯލިޙްގެ ސަރުކާރުން މިކަން ފާހަގަކުރައްވާފައިވަނީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ، މޮރިޝަސްއަށް ދޫކުރި ޗާގޯސް ހިމެނޭ ސަރަޙައްދަކީ ތަރީޚީ ގޮތުންވެސް ރާއްޖޭގެ ބައެއްކަމަށާއި އެއީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުންކަމަށް ޤަބޫލުކުރައްވާކަމަށެވެ.

މިއަދު ޢާއްމުކުރެވިފައިވާ ސިޓީ އާ ގުޅިގެން އިތުރު އާ ކަންކަތައްތަކެއް ހާމަވެފައި ނުވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާތީ، އެބައި ހޯދުމަށް މަސައްކަތްކުރެއްވުމަކީ ވެސް ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު އެއް ވަޢުދެވެ.

ޓެގްސް: ސަރަޙައްދީ ޚިޔާލުތަފާތުވުންތައް މޮރިޝަސް ޗާގޯސް މައްސަލަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.