ބްލޫބެރީ، އެންމެ ގިނައިން އުފައްދާ ޤައުމުތަކަކީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި

ހަބަރު

ބްލޫބެރީ: ބޭނުން ކުރުމުން ސިއްހީ ގޮތުން ލިބޭ 10 ފައިދާއެއް

ހުސެން ހަމްދާން - ދުނިޔެ | 23 ޑިސެންބަރު 2023 , ހޮނިހިރު 19:02   502

ދުނިޔޭގެ ކުރިއަރާފައިވާ ހުޅަނގުގެ ޤައުމުތަކުގައި މަޤްބޫލްކަން ބޮޑު މި ބްލޫބެރީ އަކީ މޭވާތަކުގެ ތެރެއިން "ސުޕާރފުޑް" އެއްގެ ގޮތުގައި ގިނަބަޔަކު ދެކެއެވެ. މިފަހަރު މިގެނެސްދެނީ، ސިއްޙީމާހިރުން ލަފާދީފައިވާ މިމޭވާ ބޭނުންކުރުމުން ލިބިގެންދާ 10 ފައިދާއަކަށެވެ.

1. ދިފާއީ ބާރުގަދަވުން

ބްލޫބެރީއަކީ، ގުދުރަތީ ގޮތުން އުފެދޭ ގަސްގަހާގެހީގައި ހިމެނޭ މާއްދާއެއް ކަމަށްވާ ފައިޓޯކެމިކަލްސް އިން އިންތިހާއަށް މުއްސަނދި އެއްޗެކެވެ. މީގެ ސަބަބުން ހަށިގަނޑު އިންފެކްޝަންތަކުން ރައްކާތެރިކޮށްދެއެވެ.

2. ލޭގެ ޕްރެޝަރު މެނޭޖް ކުރުމަށް އެހީތެރިވުން

ދިރާސާތަކުން ދައްކާ ގޮތުގައި ބެރީ މޭވާގައި ހިމެނޭ އެންތޯސައިނިޑިންސް އަކީ ލޭ ދައުރުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މިމާއްދާގެ ސަބަބުން ލޭހޮޅިތަކުގެ ސިއްހަތަށް އެހީތެރިވެދީ، މުސްކުޅިވުމާ ގުޅިގެން ލޭހޮޅިތަކުގެ ހަރުވުން ކުޑަކޮށްދެއެވެ.

3. ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އެހީތެރިވުން

ލޭގެ ޕްރެޝަރު މެނޭޖްކުރުމުގައި އެހީތެރިވުމާ ގުޅިގެން ބްލޫބެރީގައި ހިމެނޭ ފައިޓޯކެމިކަލްސް ގެ ސަބަބުން ކޮލެސްޓްރޯލް އަށް ދިމާވާ އޮކްސިޑޭޓިވް ޑެމޭޖް އިން ރައްކާތެރިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

4. ލޭގެ ހަކުރު ރެގިއުލޭޓް ކުރުމަށް އެހީތެރިވުން

ބްލޫބެރީ އަކީ އޭގައި ހަކުރު މަދު ފައިބަރުގެ ބައި ގިނަ މޭވާ އެކެވެ. ނަތީޖާއެއްގެ ގޮތުން އޭގައި ގްލައިސެމިކް އިންޑެކްސް (ޖީއައި) ގެ މިންވަރު ދަށް މޭވާއެކެވެ. މިއާއެކު މިމޭވާގައި ފްލެވަނޮއިޑް އެކުލެވޭތީ، ލޭގައި ހަކުރު ހުންނަ މިންވަރު އެއްމިންވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ.

5. ލޮލުގެ ސިއްހަތު ދެމެހެއްޓުމަށް އެހީތެރިވުން

ގަވާއިދުން ކެއުމުގައި ބްލޫބެރީ ހިމަނާލުމުން ފެނުން ރަނގަޅުވެ، އުމުރާ ގުޅިގެން ދިމާވާ މެކިއުލަރ ޑިޖެނެރޭޝަން އިން ރައްކާތެރިވެވޭނެ އެވެ. މިއީ ލޮލަށް ލޭއާއި އޮކްސިޖަން ދަތުރުކުރުން ރަނގަޅުވުމާއި، ކެޓަރެކްޓް އަދި މެކިއުލަރ ޑިޖެނެރޭޝަންގެ ފުރުސަތު ކުޑަކުރުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓް ޕްރޮޓެކްޝަންގެ ސަބަބުން ކަމަށް ބެލެވެއެވެ.

6. ދިފާއީ ސިއްހަތަށް އެހީތެރިވުން

ދިރާސާތަކުން ދައްކާ ގޮތުގައި އަހަރެމެންގެ ގޮހޮރުގައި ދިރިއުޅޭ އަދި ދިފާއީ ނިޒާމު އިންޑަކްޓްކޮށް ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފައިދާހުރި ބެކްޓީރިއާތަކުގެ ޖަމާއަތް ކަމަށްވާ ގޮހޮރުގެ މައިކްރޯބަޔޮޓާއަށް ބްލޫބެރީގައި ހިމެނެ ފައިޓޯކެމިކަލްސް، ވިޓަމިންސް އަދި ފައިބަރުގެ ސަބަބުން ފައިދާހުރި އަސަރެއް ކުރެއެވެ.

7. ގޭސްޓްރޯއިންޓެސްޓިނަލް އަލާމާތްތައް ކުޑަވުން

ދިރާސާތަކުން ދައްކާ ގޮތުގައި ބްލޫބެރީގައި ހުންނަ ޕޮލިފެނޯލް އަދި ފައިބަރުގެ ސަބަބުން ގޭހުގެ މައްސަލައާއި ގޮހޮރާއި ބަނޑުގެ އެކި މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވެދެއެވެ.

8. ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންގެ އަލާމާތްތަކަށް ލުއި ލިބުމަށް

ބްލޫބެރީގައި ހިމެނޭ ކޮމްޕައުންޑްތަކުގެ އެހީގައި ޔޫޓީއައި އަށް ޒިންމާވާ ބެކްޓީރިއާ ބްލެޑަރގެ ފާރުގައި ތާށިވުން ހުއްޓުވޭނެ އެވެ. ނަމަވެސް މިކޮމްޕައުންޑްގެ އަސަރު އެކި މީހުންނަށް ކުރާވަރު ތަފާތުކަމުގައި ދިރާސާތަކުން އެގެއެވެ.

9. ކަސްރަތު ކުރުމަށްފަހު މަސްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށް އެހީތެރިވުން

ބުރަކޮށް ޖިސްމާނީ ހަރަކާތްތެރިކަން ނުވަތަ ކަސްރަތު ކުރުމަކީ ގައި ރިއްސުމާއި ދުޅަވުން ފަދަ ކަންކަން މެދުވެރިވެދާނެ ކަމެކެވެ. މިސާލަކަށް މިފަދަ އިވެންޓެއްގެ ކުރިންނާއި ފަހުން ސްމޫތީއެއްގައި ބްލޫބެރީ ބޭނުންކުރުމަކީ ރަނގަޅުވުމަށް މަގުފަހިކޮށްދީ، އިންފްލެމޭޓަރީ މާކާރސް މަދުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

10. އުމުރުން ދުވަސްވުމުގެ އަލާމާތްތައް ލަސްވުމަށް އެހީވުން

ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ބްލޫބެރީ އާއި އޭގެ ޖޫހާއި ބްލޫބެރީ ޕައުޑަރ ބޭނުންކުރުމުން އޮކްސިޑޭޓިވް ޑެމޭޖް ކުޑަކުރުމަށް އެހީތެރިވެދެ އެވެ. އޮކްސިޑޭޓިވް ޑެމޭޖް އަކީ ކޮންމެ މީހަކަށްވެސް ދިމާވާ ކަމަކަށްވީ ނަމަވެސް، މިގެއްލުން ކުޑަ ކޮށްފިނަމަ މުސްކުޅިވުން ލަސްވެގެން ދެއެވެ.

ނިއުޓްރިއެންޓް ގިނަ އަދި ކެލޮރީ މަދު ކަމުން މޭވާއަށް އެލާޖީއެއް ނެތްހާ ހިނދަކު ބްލޫބެރީ އަކީ ކެއުމަށް ވަރަށް ބޭނުންތެރި މުހިއްމު މޭވާ އެކެވެ. މިމޭވާ ތާޒާކޮށް ނުވަތަ ފްރޯޒެން ނުވަތަ ހިކިކޮށް ބޭނުން ކޮށްލައްވާށެވެ. އެހެން ނަމަވެސް މިމޭވާއަކީ ސެލިސިލެޓްސް ކިޔާ ގުދުރަތީ ކެމިކަލްތަކެއް އެކުލެވޭ މޭވާއަކަށްވުމުން މިމޭވާ ބޭނުންކުރުމުން އެއްވެސް އެލާރޖީ އެއް ކުރިމަތިވާނަމަ ޑައިޓީޝަނެއް ނުވަތަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުން މުހިއްމެވެ.

ޓެގްސް: ސިއްޙަތު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.