ކަންގަތި އެވޯޑް ޙަފްލާފައި ރޭ ރައީސް މުޢިއްޒު ވާހަކަފުޅުދައްކަވަނީ

ހަބަރު

ރަސްމާލެ މަޝްރޫޢު: ދަޢުލަތުން އެއްވެސް ޙަރަދެއް ކުރާކަށް ނުޖެހޭނެ - ރައީސް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ޑިސެންބަރު 2023 , ބުރާސްފަތި 13:07   207

ރަސްމާލެ މަޝްރޫޢު އަށް ދަޢުލަތުން އެއްވެސް ޙަރަދެއް ކުރާކަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ، ލޯކަލްގަވަމެންޓް މިނިސްޓްރީ އިން ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކައި ވިދާޅުވީ، ދިވެހިންގެ އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ކަންބޮޑުވުންކަން ފާހަގަކުރައްވައި، މި ޕްރޮރެޖްޓްގެ އަމާޒަކީ އެކަމަށް ޙައްލު ހޯދައިދިނުންކަމަށެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވީ ނަމަވެސް، އިތުރު ތަފްޞީލްތައް ދެއްވާފައި ނުވެއެވެ. މަޝްރޫޢު އާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގެ ޕީޖީ ގްރޫޕުން އަންނަނީ ސަރުކާރަށް ޕްރެޝަރ ކުރުވަމުންނެވެ. ޕީޖީ ގްރޫޕްގެ ލީޑަރ އިއްޔެ ބޭއްވި މީޑިއާ ބައްދަލުވުމެއްގައި ވިދާޅުވީ "އެ މަސައްކަތް ފައްޓަވާފައިވަނީ އުސޫލްތަކުގެ ބޭރުން" ކަމަށެވެ. އަދި އެމައްސަލަ ބައްލަވަމުން ގެންދަވާކަމާށާއި ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ފުށިދިއްގަރު ހިއްކައިގެން 65،000 ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ މިސަރުކާރުގެ އިންތިޚާބީ ވަޢުދެކެވެ. ރައީސް މުޢިއްޒު ވަނީ ސަރުކާރު ފެއްޓެވުމުގެ ކުރިން ވެސް ހަފްތާ 14 ގެ ތެރެއިން އެމަސައްކަތް ފައްޓަވާނެކަން އިޢްލާންކުރައްވާފައެވެ.

ޓެގްސް: ރަސްމާލެ ބިން ހިއްކުން ބޯހިޔާވަހިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.