މައްލޫމާތު ލިބޭގޮތުގައި މަޝްރޫޢަށް ކަނޑައަޅާފައިވާ އަގަކީ 1.30 ބިލިއަން ޑޮލަރު

ހަބަރު

ފުށިދިއްގަރު: ލަންކާ ކުންފުންޏަށް 3 ބިލިއަން ޑޮލަރުގެ އަގުހުރި ބިން ހިލޭ، އަގު ހާމަނުކުރާއިރު މާސްޓަރޕްލޭނެއް ނެތް!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 21 ޑިސެންބަރު 2023 , ބުރާސްފަތި 23:07 1   942

މިސަރުކާރުގެ އެންމެ ބިޔަ ޕްރޮޖެކްޓް، މާލެ އާއިކައިރިން 65،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގާ، ފުށިދިއްގަރު ހިއްކުމާއިގުޅޭގޮތުން ސަރުކާރުން އަނެއްކާވެސް މަޢްލޫމާތުތަކެއް ޢާއްމުކޮށްފިއެވެ.

ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މިމަޝްރޫޢުއިން، ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ފުށި ދިއްގަރު ފަޅު އާބާދުކުރުމެވެ.

އާބަންކޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ މިޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ލަންކާގެ ކުންފުންޏެއްކަމުގައިވާ ސިއެމްސީސީ އިން ކަމަށެވެ.

ފުށިދިއްގަރު ފަޅުން ހުޅުމާލެ ދެފިޔަވަހި އެއްކޮށްލީމަ ވާވަރުގެ ތިން ގުނަ ސަރަހައްދެއް ލިބިގެންދާނެއެވެ. މިމަސައްކަތް ކުރުމަށް ނިންމާފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މިމަޝްރޫޢަށް ފަންޑު ކުރުމަށް ސަރުކާރުން ރާވާފައިވަނީ ސީއެމްސީއަށް 70 ހެކްޓަރުގެ ބިން 99 އަހަރަށް ދީގެންނެވެ. އެއީ, ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިމެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންވަނީ، ޕްރޮޖެކްޓްގެ ޑިޒައިން މަސައްކަތާއި އަގާއި ގުޅޭގޮތުން ތަފާތު އެކި ސުވާލުތައް ކުރިމަތި ކުރުވާފައެވެ. ސީދާ ޖާވާބު ދެއްވާފައިނުވެއެވެ. މުޅި ޕްރޮޖެކްޓްގެ އަގު އަދި ލަންކާ ކުންފުންޏަށް ދޭ ބިމުގެ އަގު ވެސް ހާމަ ނުކުރެއްވިއެވެ.

ނަމަވެސް މަޢްލޫމާތު ލިބޭ ގޮތުގައި މި ޕްރޮޖެކްޓްގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1.302 ބިލިއަން ޑޮލަރެވެ. އެއީ 1163 ހެކްޓަރު، 1.12 މިލިއަން ޑޮލަރުގެ މަގުންނެވެ.

އަދި ލަންކާ ކުންފުންޏަށް ދީފައިވާ ބިން އަގުކޮށްފައިވަނީ 2.75 ބިލިއަން ޑޮލަރަށެވެ. އެއީ ކޮންމެ ހެކްޓަރަކަށް 39.285 މިލިއަން ޑޮލަރުގެ މަގުންނެވެ.

ނޫސްވެރިން ތަފާތު އެކި ގޮތްގޮތަށް ޕްރެސް ކުރެއްވުމުން، ފަޒުލް ވިދާޅުވީ މަސައްކަތުގެ ތެރޭގައި ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް ހިގާފައިވާ ކަމަށް ގަބޫލް ނުކުރައްވާ ކަމަށާއި، ގާނޫނާއި ގަވައިދާ ހިލާފުކަމެއް އޮތް ކަމަށް ގަބޫލްކުރެވޭނަމަ އޭސީސީއަށް މައްސަލަ ބޭނުންފުޅުވާ ބޭފުޅަކު މައްސަލަ ހުށަހަޅުމަށެވެ.

މިކަމާއި ގުޅޭގޮތުން އިދިކޮޅު އެމްޑީޕީ އާއި އޭސީސީ އިން މަޢްލޫމާތު އެއްކުރަމުން އަންނަކަމުގެ މަޢްލޫމާތު ލިބެއެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އެކަން ހިނގާފައި އޮތީ އުސޫލްތަކުގެ ބޭރުން ޤަވާޢީދާއި ޚިލާފަށްކަމަށެވެ. އެހެންކަމުން ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ޓެގްސް: ބިން ހިއްކުން ރަސްމާލެ އޭސީސީ ކޮރަޕްޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.