ޓްރިވެންޑްރަމް ކައިރީގައި އޮންނަ ޓުޓިކޮރިންގައި 5 ފޫޓަށް ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

ހަބަރު

ރާއްޖެއަށް މުދާ ގެންނަ އިންޑިއާގެ ތޫތުކުޑި ބަނދަރު އޮންނަ ސަރަޙައްދުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް

އަލީ އަޒްޔަން - އިންޑިއާ | 22 ޑިސެންބަރު 2023 , ހުކުރު 16:58   399

ރާއްޖެއަށް މުދާ ގެންނަ އިންޑިއާގެ ތޫތުކުޑި [ޓުޓިކޮރިން] ބަނދަރު އޮންނަ ސަރަޙައްދުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

މިދުވަސްވަރަކީ އިންޑިއާ އާއި ލަންކާގައި ވެސް ބޯ ވިއްސާރަ އާއިއެކު ފެންބޮޑުވަމުން އަންނަ ދުވަސްވަރެކެވެ.

ޓުޓިކޮރިން އަކީ ރާއްޖެއަށް އިންޑިއާއިން ޢާއްމުގޮތެއްގައި ފިޔާ، ބިސް، އަދި އަލުވި އެތެރެކުރާ މައި ބަނދަރެވެ. އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުގައި އެތައް ހާސް ބަޔަކު ޙާލުގައިޖެހި ސަލާމަތީ ސަރަޙައްދުތަކަށް ގެންދެވިފައިވެއެވެ. މިހާތަނަށް 7 މީހަކު މަރުވެފައިވާއިރު ގިނަ ބަޔަކަށް ފަރުވާ ދެވިފައިވެއެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން، ބަދަރުގައި ހުރި މުދަލުގެ ތެރެއިން 300 މިލިއަން ރުޕީސްގެ މުދަލަށް ގެއްލުން ލިބިފައިވެއެވެ.

ފެން ބޮޑުވުމާއި ގުޅިގެން ދަތުރުފަތުރުތައް ވެސް ވަނީ މަޑުޖެހިފައެވެ. އަދި ކާބޯތަކެތި ލިބުމުގައި ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައެވެ. އަދި ކާބޯތީގެ ސަޕްލައި ހުސްވެ އަގުތައް އިންތިހާއަށް އުފުލިފައިވެއެވެ.

މިކަމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ވިޔަފާރިތަކުން ބުނެއެވެ. ގިނަ މުދާތަކެއް ހުރީ މާލެ ނުގެނެވި ތާށިވެފައެވެ. ނަމަވެސް މިކަމުން ލިބޭނެ ސިދާ ގެއްލުމުގެ މަޢްލޫމާތު ސާފުވެފައިނުވެއެވެ.

ޓެގްސް: ދަތުރުފަތުރު އިންޑިއާ ފެންބޮޑުވުން ކާރިސާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.