ރައީސް އަށް އެވޯޑް ލިބިވަޑައިގަތުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން

ހަބަރު

ޢިމާރާތްކޮށްދިނުގެ ސިނާޢަތަށް ކޮށްދެއްވާފައިވާ ޚިދުމަތަށްޓަކައި، "ބޮޑު ރަސްގެފާން" ގެ ލަޤަބު ރައީސަށް އަރުވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 ޑިސެންބަރު 2023 , ހޯމަ 10:29   484

"ބޮޑު ރަސްގެފާނު" ގެލަޤަބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ.

މި ލަޤަބު ރައީސަށް އަރުވާފައިވަނީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، (މަސީ) ދޭ އެންމެ ފަޚުރުވެރި އެވޯޑްގެ ގޮތުގައެވެ.

"އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ގެ ނަމުގައި ރޭ މަސީ އިން ބޭއްވި އެވޯޑްދިނުމުގެ ޙަފްލާ ބާއްވާފައިވަނީ ހޮޓެލް ޖެން ގައެވެ.

މި ލަޤަބު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުންކަމަށް މަސީ އިން ބުނެއެވެ.

އެގޮތުން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވުނު އެންމެ އުސް އިމާރާތްތައް ބިނާކުރެވިގެން ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެތެރޭގައި އައި.ޖީ.އެމް.އެޗް.ގެ 25 ބުރީގެ އިމާރާތާއި، ހިޔާ މަޝްރޫއު ފާހަގަކޮށްލެވެއެވެ. މީގެއިތުރުން ރާއްޖޭގެ ތާރީޚުގައި އެޅުނު ފުރަތަމަ ބުރިޖު "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" އެޅިގެން ދިޔައީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންކަމަށް ވެސް މަސީ އިން ބުނެފައިވެއެވެ.

ރައީސް މުޙައްމަދު މުޢިއްޒު ވެރިކަމަށް ހޮވި ވަޑައިގެން ހުވާކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

ޓެގްސް: ޑރ. މުއިއްޒު ޢިމާރާތްކުރުމުގެ ސިނާޢަތް ޤައުމީ ޢިނާމުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.