ވަޒީރުންގެ މަޖިލީސް

ހަބަރު

ސަރުކާރުން މީޑިއާ ވިލެޖްއެކުލަވާލުމުގެ މަސައްކަތްފަށައި ދިވެހިންނަށް ޚައްޞަވާ މަސައްކަތްތައް ކަނޑައަޅައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 ޑިސެންބަރު 2023 , އަންގާރަ 10:38   400

ސަރުކާރުން މީޑިއާ ވިލެޖް އެކުލަވާލުމުގެ މަސައްކަތްފަށައި ދިވެހިންނަށް ޚައްޞަވާ މަސައްކަތްތައް ކަނޑައަޅައިފިއެވެ.

ވަޒީރުންގެ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމުގައި މީޑިއާ ވިލެޖް އެކުލަވާލުމަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ހަމައެހެންމެ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް ބައްލަވައި "ދިވެހިންނަށް ޚާއްޞަ މަސައްކަތްތަކެއް" ގެ ގޮތުގައި ކަޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

މިގޮތަށް ކަނޑައެޅުއްވުމުން މި ދާއިރާތަކުން ކަނޑައަޅުއްވާ ވަޒީފާތަކުގައި ރާއްޖޭގައި މަސައްކަތްކުރެވޭނީ ހަމައެކަނި ދިވެހީންނަށެވެ. އަދި މި ސިޔާސަތު ތަންފީޒުކުރުމަށް ނިންމާފައިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މި ސިޔާސަތުގެ އެކުލަވާލުމުގެ މައިގަނޑު ސަބަބަކީ މި ފަންނުތަކުގައި ދިވެހިން މަދުވުން ނުވަތަ ނެތެމުންދިޔުން ހުއްޓުވައި މި ފަންނުތަކުން ދިވެހިން ބިނާކުރުމެވެ.

ދިވެހިންނަށް ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި އޮޑިދޯނި ފަހަރު ބަނުމާއި، މާވަޑާމުގެ ދާއިރާއާއި، ހެއަރ ޑްރެސަރ އެންޑް ބިއުޓީޝަން، ރިސޯޓު މިއުޒީޝަނުންނާއި ބޭންޑުތައް، ކަސްޓަމަރ ސަރވިސް، ހައުސްކީޕިންގ މެނޭޖަރ، ފްރަންޓް އޮފީސް މެނޭޖަރ، ހިއުމަން ރިސޯސަސް މެނޭޖަރ، ޑައިވިން އިންސްޓްރަކްޓަރ، ޓުއަރ ގައިޑް ފަދަ ވަޒީފާތައް ހިމެނެއެވެ.

ޕްރިންސިޕަލް ސެކްރެޓަރރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މި ދާއިރާތަކަށް ޚާއްޞަކޮށްގެން ކަމާގުޅޭ އިދާރާތަކުން ދިވެހިން ތަމްރީން ކުރުމަށް އިސްކަންދީގެން މަސައްކަތްތައް ކުރިޔަށްގެންދަވާނެ ކަމަށެވެ.

ޓެގްސް: ބޭރު މަސައްކަތު މީހުން ވަޒީފާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.