ފޭދޫގައި ފެންވަދެފައިވާ ގެތަކުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ މެމްބަރު އައިބީ މަސައްކަތްކުރައްވަނީ

ހަބަރު

ދެކުނަށް ކުރި ވިއްސާރައިގައި އައްޑޫގެ ގިނަގެތަކަކަށް ފެންވަދެ ގެއްލުންވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 28 ޑިސެންބަރު 2023 , ބުރާސްފަތި 08:35   522

ދެކުނަށް ކުރި ވިއްސާރައިގައި އައްޑޫގެ ގިނަގެތަކަކަށް ފެންވަދެ ގެއްލުންވެއްޖެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މިގޮތުން ޖުމްލަ 97 ގެއަށް ފެންވަދެފައިވާކަމަށް ރިޕޯޓްކުރެވިފައިވެއެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ފޭޑުގެ ގެތަކަށެވެ. ޖުމްލަ 60 ގެއަކަށް ފޭދޫ އިން ފެންވަދެފައިވެއެވެ.

ފާއިތުވި 48 އަށް ގަޑިއިރުތެރޭގައި ފުވައްމުލަކަށާއި އައްޑޫސިޓީއަށް ކުރި ބޯވިއްސާރަ އާއިއެކު ޤައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީހުން) ވަނީ އޮރެންޖް އެލާޓް ނެރެފައެވެ. އަދި މިސަރައްޙައްދުތަކުގައި ކަނޑުދަތުރުކުރުން ވެސް ވަނީ ހުއްޓާލާފައެވެ.

އައްޑޫގެ ގެތަކަށް ފެން ވަން ނަމަވެސް، ފުވައްމުލަކުގެ ގެތަކަށް ފެން ވަންކަމުގެ ރިޕޯޓް ލިބިފައި ނުވެއެވެ.

މި ވިއްސާރައިގައި މީހަކަށް ގެއްމެއްވެ އަނިޔާ ލިބިފައިނުވެއެވެ.

އަދި މިހާރު އަންނަނީ މަޑުމަޑުން މޫސުމް ރަނގަޅުވަމުންނެވެ.

ޓެގްސް: ފުވައްމުލައް ވިއްސާރަ އައްޑޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.