ރައީސް މުޢިއްޒުގެ ކެބިނެޓް މިނިސްޓަރުން

ހަބަރު

ވަޒީރުންނަށް ރުހުންދިނުމާއި ގުޅޭ ގޮތުން އެމްޑީޕީއަށް އަދިވެސް ގޮތެއް ނުނިންމޭ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 ޑިސެންބަރު 2023 , ހޮނިހިރު 09:09   550

ވަޒީރުންނަށް ރުހުންދިނުންމާއި ގުޅޭގޮތުން މަޖިލީހުގައި މިއަދު މަޖިލީހުގައި ކޮމިޓީ ބައްދަލުވުމެއް ބާވާނެއެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުން އޮންނާނީ މިއަދު ހެނދުނު 11 ޖަހާއިރު އެވެ.

ސަރުކާރުގެ 22 ކެބިނެޓް މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި، ކޮމިޓީން ރިޕޯޓެއް އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވީނަމަވެސް، އެ މައްސަލަ މަޖިލީހުގެ ތަޅުމުން ވަނީ، މަޢްލޫމާތުތައް ފުރިހަމަ ނުވާކަމަށް ބުނެ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

ކެބިނެޓް މިނިސްޓަރުންނަށް ރުހުންދިނުމުގައި ކޮމިޓީ އިން ނިންމާފައިވަނީ ކޮންމެ މިނިސްޓަރަކަށް ވަކިން ވޯޓެއް އެހުމަށެވެ. މަޖިލީހުގައި މެޖޯރިޓީ އޮންނަ އެމްޑީޕީ އިން ބުނެފައިވަނީ، މިސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ދޭން ބޭނުން ނުވާކަމަށެވެ. ނަމަވެސް، އެއީ ކޮން މިނިސްޓަރުންކަމެއް ސާފެއް ނުވެއެވެ.

އެމްޑީގައި އޮތް ސުޕަމެޖޯރިޓީ 56 މެމްބަރުންގެ ތެރެއިން 13 މެމްބަރަކު ވަނީ ސަރުކާރު ތަމްސީލްކުރާ ޕީއެންސީ އަށް ނިމިދިޔަ ހަފްތާތެރޭގައި ބަދަލުވެފައެވެ. މިހާރު މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ޢަދަދަކީ 80 އެވެ. އެހެންކަމުން 43 މެމްބަރުންނާއިއެކު އެމްޑީޕީއަށް އަދިވެސް މަޖިލީހުގެ 53 އިންސައްތައިގެ އަޢްލަބިއްޔަތެއް އެބައޮތެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ 12 މެމްބަރުންގެ ތެރެއިން 6 މެމްބަރުން ތިއްބަވަނީ އިދިކޮޅު އެމްޑީގައެވެ. އޭގެތެރޭގައި ޗެއަފާސަން ފަލާޙް އާއި ވައިސްޗެއާ ހާރޫން ވެސް ހިމެނެއެވެ. އޭގެ އިތުރުން ޑިމޮކްރެޓްސްގެ 3 މެމްބަރަކާއި، ޕީޕީއެމްގެ 1 މެމްބަރެއް، އަދި މިނިވަން މެމްބަރަކު ހިމެނެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ގޮތެއް ނުނިމި ލަސްވާތީކަމަށް ބުނެ ރިޔާސަތުން އަންނަނީ މަޖިލީހުގެ ދައުރު ދިގު ދަންމަމުންނެވެ. މިހާތަނަށް ތިން ފަހަރަކަށް ދިގު ދަންމާފައިވާއިރު، ބޭނުންވާ ބިލްތައް ވެސް އަންނަނީ ބަދަލުކުރަމުންނެވެ. އަދި ޤާނޫނުތަކުގެ މުހިއްމު މާއްދާތަކަށް އަންނަނީ ބަދަލުގެންނަމުންނެވެ.

ޓެގްސް: އެމްޑީޕީ ސަރުކާރު ރައްޔިތުންގެ މަޖިލިސް ކެބިނެޓް މިނިސްޓަރުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.