ދިވެހިރާއްޖޭގެ ހޮސްޕިޓަލެއްގައި ބަލިމީހުން ޑޮކްޓަރަށް ދެއްކުމަށް ކިއުގައި

ހަބަރު

އާބާދީގެ 33 އިންސައްތަ މީހުން ކޮލެސްޓްރޯލް މަތި، ބޭހަށްކުރާ ހޭދަ އަންނަނީ އިތުރުވަމުން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 ޖެނުއަރީ 2024 , އަންގާރަ 10:39   497

އާބާދީގެ 33 އިންސައްތަ ނުވަތަ އާބާދީގެ ކޮންމެ 3 މީހަކުން އެކަކީ ކޮލެސްޓްރޯލް މަތި މީހުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮލެސްޓްރޯލް އަކީ ހަށިގަނޑުގެ ސިއްޙަތު ދެމެހެޓުމަށް ލޭގެތެރޭގައި ލައްވާފައިވާ ވެކްސް-ކަހަލަ މާއްދާއަކަށް ކިޔާނަމެކެވެ. މި މާއްދާ ހަށިގަނޑުގެ ތެރޭގައި ގިނަވެއްޖެނަމަ ހިތުގެ ބަލި ޖެހުމަށް ވަރަށް ބޮޑަށް މަގުފަހިވެއެވެ. މި މާއްދާ ހަށިގަނޑުގައި އިތުރުވަނީ ވަކި ކަހަލަ ފެޓްސް ހުންނަ ކާނާ މާ ގިނައިން ބޭނުންކުރުމުންނެވެ.

ކޮލެސްޓްރޯލް ހުންނަންޖެހޭ މިންވަރަށް ވުރެ ގިނަވެއްޖެނަމަ ހަށިގަނޑުގެ ލޭހޮޅިތައް ބްލޮކްވެ ލޭދައުރުުވުމަށް ބުރޫއަރައެވެ. މެދު ޢުމުރުން މަތީގެ މީހުންނަށް ކޮލެސްޓްރޯލްގެ މައްސަލަ ދިމާވާނަމަ ދާއިމީގޮތެއްގައި ބޭސްކާން ޖެހެއެވެ.

ރާއްޖޭގެ އާބާދީއަށް ބަލާއިރު ކޮލެސްޓްރޯލްގެ މައްސަލަ އާއި ކުރިމަތިލާންޖެހޭ މީހުންގެ ޢަދަދު އަންނަނީ އިންތިހާއަށް އިތުރުވަމުންނެވެ.

ފާއިތުވި 3 އަހަރުގެ ތެރޭގައި އާސަންދަ ސްކީމްގެ ދަށުން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތަކަށްކަމަށެވެ. އާސަންދަ މުޅި ބަޖެޓްގެ ދެބައިކުޅައެއްބައި ހޭދަކުރަމުން އަންނަނީ ބޭސްގަނެދިނުމަށެވެ.

އާސަންދައިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 57،000 އަށްވުރެ ގިނަ މީހުން ފާއިތުވެދިޔަ ތިން އަހަރު ހިތާއި ހިތުގެ ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކަށް ފަރުވާ ހޯދާފައިވެއެވެ.

ދަޢުލަތުގެ މިއަހަރުގެ ބަޖެޓުގައި އާސަންދައިގެ ޚަރަދަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، އާސަންދައިން ބޭސްފަރުވާއަށް ކުރާ ހޭދައިގެ 50 އިންސައްތަ ޚަރަދުކުރަނީ ބޭހަށެވެ. އެއީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 600 މިލިއަން ރުފިޔާއާއި ގާތްކުރާ ޢަދަދެވެ.

ކޮލެސްޓްރޯލްގެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ކެއުންބުއިމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަންޖެހެއެވެ. ކެއުމުގައި ބެލެންސްޑް ޑައެޓެއް ގެންގުޅެ، މޭވާއާއި ތަރުކާރީ އަދި އެކި ކަހަލަ އޮށްތަކާއި ނަޓްސް ފަދަ ބާވަތްތައް ހިމަނަން ޖެހޭކަމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.

ޓެގްސް: ސިއްޙަތު ސިއްޙީ ފަރުވާ އާސަންދަ ހިތުގެ ދުޅަހެޔޮކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.