މައި ކޮލެޖްގެ މިދިޔަ އަހަރުގެ ގްރެޖުއޭޝަން ހަފްލާގެ ތެރެއިން

ހަބަރު

މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުގެ ކޯސްތަކަށް ކުރިމަތުލުމުގެ މުއްދަތު އިތުރުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 ޖެނުއަރީ 2024 , އަންގާރަ 18:50   1150

މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުގެ ޖަނުއަރީގައި ކިޔަވަން ފެށުމަށް ކޯސްތަކަށް ކުރިމަތިލުމަށް އޮންނަ މުއްދަތު 15 ޖެނުއަރީ 2024 އާއި ހަމައަށް އިތުރުކޮށްފިއެވެ. އެމް.އައި ކޮލެޖުގެ އައްޑޫ ސިޓީ ކެމްޕަސްގައި ކިޔެވުމަށްވެސް އެދުވަހާއި ހަމައަށް ކުރިމަތިލެވޭނެއެވެ.

އައްޑޫ ސިޓީ އެމް.އައި ކޮލެޖު ކެމްޕަސްގައި މިފަހަރު 70 އަށްވުރެ ގިނަ ކޯހަކަށް ކުރިމަތުލުމުގެ ފުރުޞަތު ހުޅުވާލައިއެވެ.

ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ކުދިން ހަމަވެގެން މިފަހަރު ގދ.ތިނަދޫ ކެމްޕަސްގައި ފެށުމަށް އެކަށީގެންވާ ކޯސްތަކުގެ ތެރޭގައި ފާހަގަކޮށްލެވެ ބައެއް ކޯސްތައް:

· ކުޑަކުދިންނަށް ހާއްސަ ރޮބޮޓިކްސް ސްޓޭޖް 1

· ސެޓްފިކެޓް ލެވެލް 3 އިން ރޮބޮޓިކްސް

· ސެޓްފިކެޓް ލެވެލް 3 އިން އިންފޯރމޭޝަން ޓެކްނޮލޮޖީ

· ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން

· މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި 13 ކެމްޕަހެއްގައި އަދި އޮންލައިންކޮށް ކިޔުވުމުގެ ފުރުޞަތު އެމް.އައި ކޮލެޖުން ހުޅުވާލާފައިވާއިރު، މިހާރުވެސް އެކޮލެޖުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ. އަދި މީގެ ތެރެއިން 200 ކުދިން ކިޔަވަމުން ދަނީ އައްޑޫ ސިޓީގައެވެ.

ކޮލެޖުގެ ކޯސްތަކަށް ކުރިމަތުލުމަށް ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް ފޯރމު ފުރާލެވޭނެކަމަށް އެކޮލެޖުން މަޢްލޫމާތު ދެއްވައެވެ.

ޓެގްސް: މައިކޮލެޖް މަތީ ތަޢުލީމް އެޑްވަޓޯރިއަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.