ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރުގެ އޮފީސް

ހަބަރު

އިންޑިއާ ސިފައިން ފޮނުވާލުން ފަސޭހަ ނޫންކަމަށާއި ގޮންޖެހުންތައް ހުރިކަމަށް ސަރުކާރުން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޖެނުއަރީ 2024 , ބުދަ 09:44   702

އިންޑިއާ ސިފައިން ފޮނުވާލުން ފަސޭހަ ނޫންކަމަށާއި ގޮންޖެހުންތައް ހުރިކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ގެ ފަރާތުން މިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބައްދަލުވުމެއްގައި، އަލަށް މަޤާމަށް އައްޔަންކުރައްވާފައިވާ ސަރުކާރުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމްއެވެ.

ނާޒިމް މިކަމާއި ގުޅޭގޮތުން ވިދާޅުވީ މިއީ ކުރަން ފަސޭހަކަމެއް ނޫންކަން ކުރިންވެސް ސަރުކާރަށް އެނގިވަޑައިގަންނަވާކަމަށާއި އެކަން ކުރައްވާނީ ތަހްޒީބް މުޖްތަމަޢުތަކުގައު ކަންކުރާ އުސޫލުންކަމަށެވެ.

އަބަދުވެސް އަޅުގަނޑުމެން ދެކެމުން އައީ މިއީ ފަސޭހެ ކަމެއް ނޫންކަމުގައި. އަދި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމުގައި... ގާނޫނީ އިމުގެ ތެރެއިން މިކަން ކުރަންޖެހޭނެ ކަމަށް.

~ ނާޒިމް

މީގެ ކުރިން ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުން ރާއްޖޭގައި އިންޑިއާގެ 89 ސިފައިންގެ މީހަކު އެބަތިއްބެވެ. ނަމަވެސް ނާޒިމް މިއަދު ވިދާޅުވީ ޔަޤީންކުރެވިފައިވަނީ 88 ސިފައިން ތިބިކަމަށެވެ.

އިތުރަށް ނާޒިމް ވިދާޅުވީ، މި މައްސަލައަކީ ސަރުކާރުން ކަންބޮޑުވާ މައްސަލައެއްކަމަށާއި، އަހައްމިޔަތުކަން ވެސް ވެސް ދެމުންގެންދަވާކަމަށާއި، މުހިއްމު މަސައްކަތްތަކެއް ހިނގަމުންދާކަމަށެވެ. މިހާތަނަށް 10 ބައްދަލުވުމެއް އިންޑިއާ ސަރުކާރާއިއެކު ބާއްވާފައިވާކަމަށެވެ. އަދި އެދި ވަޑައިގެންނެވީ ދިވެހި ރައްޔިތުން މިމައްސަލައިގައި މާޔޫސްވެވަޑައިނުގަތުމަށެވެ.

ނަޒީމް، މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، އިންޑިއާ ސިފައިން ބޭލުމުގައި ހުރީ ސީދާ ކޮން ގޮންޖެހުންތަކެއް ކަމާއި، އިންޑިއާ ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެނީ ކިހާ މިންވަރަކަށްކަމެއް ސާފެއް ނުވެއެވެ.

ޓެގްސް: އިންޑިއާ އިންޑިއާ ސިފައިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.