މާލޭގެ މޭޔަރަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރު (މ)

ހަބަރު

އާޒިމާ ވިދާޅުވީ ޒާތީވަމުންދާކަމަށް، ޙުކުމްއިއްވިކަން އެނގުނީ މީޑިއާއިންކަމަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޖެނުއަރީ 2024 , ބުދަ 10:24   1046

ސަރުކާރު ކެންޑިޑޭޓްޓްގެ ގޮތުގައި މާލޭގެ މޭޔަރަމަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީން ސަރުކާރުގައި ބަންޑާރަނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވީ އެކަމަނާ އާއި ޒާތީވަމުންދާކަމަށާއި ޙުކުމްއިއްވިކަން އެނިވަޑައިގަތީ މީޑިއާގެ ޒަރީޢާއިންކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އަށް ދަންކަންޖެހޭ މަދަނީ ފައިސާގެ މައްސަލައެއްގައި އާޒިމާގެ މައްޗަށް ސިވިލްކޯޓުން ޢައިރު ޙާޒިރުގައި ޙުކުމް އިއްވާފައިވާތީ އެކަމާއި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

އާޒިމާ ރޭ މާލޭގައި ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވިދާޅުވީ ކިތައްމެވަރަކަށް އަނިޔާކުރެއްވިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެކަމަށެވެ.

އަޅުގަނޑުގެ ނޯންނާނެ ވައްކަމުގެ މައްސަލައެއް. އަޅުގަނޑުގެ ވާދަވެރިންގެ އެބައޮތް މިހާރުވެސް 22 މައްސަލަ އޭސީސީގައި. އަޅުގަނޑުގެ ޢާއިލާއަށް ކިތަންމެވަރަކަށް ޙަމަލާދިނަސް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުވާނީ ބޯހަރު. މަދަނީ މައްސަލައިގައި ޙުކުމް ކުރިކަން އަޅުގަނޑަށް އެނގުނީ މީޑިއާގެ ޒަރީޢާއިން ކެމްޕޭނުގައި ހުއްޓާ.

~ ޢާޒިމާ

ޢާޒިމާ ދެންނެވި 22 މައްސަލަ ރައްދުވަނީ ސީދާ ކޮންބޭފުޅަކަށްކަން ސާބިތު ނުވިނަމަވެސް، ބެލެވޭގޮތުގައި އެއީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ.

މަޢްލޫމާތު ލިބޭގޮތުގައި އާޒިމާ އަންނަނީ އޭނާގެ މައްޗަށް ސިވިލްކޯޓުން ކޮށްފައިވާ ޙުކުމް އިސްތިޢްނާފުކުރުމަށް ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

ޢާޒިމާގެ މައްޗަށް އިއްވާފައިވާ ޙުކުމްގައިވަނީ 4 މިލިއަނަށްވުރެ ގިނަ ރުފިޔާ، 6 މަސް ދުވަސްތެރޭގައި އެމްއައިބީއަށް ދެއްކުމަށެވެެ. މިމައްސަލައިގައި، އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް ރަހުނުގެ ގޮތުގައި ބަހައްޓާފައިވެއެވެ.

ޓެގްސް: އިންތިޚާބު ލޯކައުންސިލްތައް އާޒިމާ ޝުކޫރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.