ޗައިނާ އެމްބެސެޑަރާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ހަބަރު

ރައީސް މުޢިއްޒު އާދީއްތަދުވަހު ރަސްމީދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޖެނުއަރީ 2024 , ބުދަ 20:33   377

ރައީސް މުޢިއްޒު އާދީއްތަދުވަހު ރަސްމީދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސްގެ މިދަތުރުފުޅާއި ގުޅޭ މާބޮޑު ތަފްޞީލްތަކެއް މިހާތަނަށް ހާމަކުރައްވާފައި ނުވެއެވެ. ނަމަވެސް އަންނަ ހަފްތާގައި ތަފްޞީލްތައް ހާމަކުރައްވާނެކަމަށް މަޢްލޫމާތު ދެއްވާފައިވެއެވެ.

މިއީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މީގެ ކުރިން ރައީސް މުޢިއްޒު ވަނީ ތުރުކީވިލާތަށާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ރަސްމީ ދަތުރުތަކުގައި ވަޑައިގެންފައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ ޗައިނާ އާއިއެކު ގާތްގުޅުމެއް އުފެއްދުމަށް މަސައްކަތްކުރައްވަމުން ނެވެ. މިގޮތުން ނައިބު ރައީސް އާއި އިކޮނޮމިކް މިނިސްޓަރާއި އެހެނިހެން ވަޒީރުން އަދި އެކި ފެންވަރުގެ ވަފްދުތައް ޗައިނާއަށް ވަޑައިގެން މަޝްވަރާތައް ކުރައްވާފައިވެއެވެ.

މީގެ ކުރިން ޕީޕީއެމް ސަރުކާރުގައި ވެސް ތަރައްޤީގެ އެންމެ މުހިއްމު ބައިވެރިއެއްކަމުގައި ވެފައިވީ ޗައިނާއެވެ. މިގޮތުން ހުޅުމާލެ ބްރިޖްގެ މަސައްކަތާއި އެހެނިގެން ގިނަ ޕްރޮޖެކްޓްތަކަކީ ޗައިނާ ސަރުކާރުން ދިން ލޯނާއި އެހީގައި ހިންގާފައިވާ ޕްރޮޖެކްޓްތަކެވެ.

ޓެގްސް: ޗައިނާ ޑރ. މުއިއްޒު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.