އިދިކޮޅު އެމްޑީޕީގެ ރައީސް ފައްޔާޒު އިސްމާޢިލް ޕޯޑިއަމްގައި ވާހަކަފުޅުދައްކަވަނީ

ހަބަރު

އެމްޑީޕީ އިން ރައީސް އަޒުލްކުރުމުގެ ވިސްނުންދޫކޮށްފި، ވަޒީރުންނަށް ރުހުންދިނުން އަދިވެސް ޕާކުކޮށްފައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 4 ޖެނުއަރީ 2024 , ބުރާސްފަތި 12:44   455

އެމްޑީޕީ އިން ރައީސް އަޒުލްކުރުމުގެ ވިސްނުންދޫކޮށްފިއެވެ. އެމްޑީޕީ އިން މިކަން ހާމަކޮށްފައިވަނީ ވެރިކަންކުރާ ޕާޓީތައްކަމުގައިވާ ޕީޕީއެމް އަދި ޕީއެންސީ އިން އެމްޑީޕީއިން އެފަދަ ރޭވުންތަކެއްކުރަމުން ދާކަމުގެ ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ފަރާތުން އެޕާޓީގެ ރައީސް ފައްޔާޒު އިސްމާޢިލް ވިދާޅުވީ އެމްޑީޕީ އިން ރައީސް މުޢިއްޒު ވަކިކުރުމުގެ ވާހަކަތައް ނުދައްކަވާކަމަށެވެ. ނަމަވެސް މުޅިއެއްކޮށް އެފަދަ ވާހަކައެއް ދެކެވުނުކަމަށް އިންކާރެއް ނުކުރައްވައެވެ.

ފައްޔާޒު ވިދާޅުވީ ރަސްމީ ސިފައެއްގައި އެފަދަ ވާހަކަތަކެއް ނުދެކެވޭކަމަށާއި، ސަމާސާގޮތަކަށް ބައެއް މެމްބަރުން އެވާހަކަތައް ދެއްކެވިކަމަށެވެ.

މިއީ ރަސްމީ ހައިސިއްޔަތަކުން އެމްޑީޕީ އިން މިމައްސަލަ އާއި ގުޅޭގޮތުން ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ރައީސް މިފަދައިން ވިދާޅުވި ނަމަވެސް، ސަރުކާރުގެ ކެބިނެޓް އެއްވެސް މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައި ނުވެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުން މިހާ ލަސްވެގެން ގޮސްފައިވާ ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ ކޮމިޓީއިން ރުހުން ދިނުމުގެ މައްސަލަ ތަޅުމައް ވޯޓަށް އެހުމަށް ފޮނުވުމުން ރޮޒައިނާ އާދަމްގެ ހުށަހެޅުއްވުމާއި އެއްގޮތަށް، މަޢްލޫމާތުތައް ފުރިހަމަ ނުވާކަމަށް ބުނެ މައްސަލަ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

މަޖިލީހުގެ ރައީސް 3 ފަހަރަށް މަޖިލީހުގެ ދައުރު ދަންމާލާފައިވާއިރު، މިވަގުތު ހުންނެވީ ރަސްމި ދަތުރުފުޅެއްގައި ޔުގެންޑާގައެވެ.

ޓެގްސް: އެމްޑީޕީ ރައްޔިތުންގެ މަޖިލިސް ކެބިނެޓް މިނިސްޓަރުން ފާއްޔާޒް އިސްމާޢިލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.