ރާއްޖޭގެ ސްކޫލެއްގެ ދަރިވަރުންތަކެއް، އެހެން ރަށަކަށް ޒިޔާރަތްކުރަނީ

ހަބަރު

ސްކޫލްތަކުގެ ފުރަތަމަ ޓާމް ޗުއްޓީ ނިމުމަކަށް، ގިނަ ބަޔަކު ބޭނުންވަނީ ބޮޑު ޗުއްޓީ އަހަރު ފަހުކޮޅަށް ވާގޮތަށް އޮންނަން

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 ޖެނުއަރީ 2024 , ހޮނިހިރު 11:18   386

ދިރާސީ އަހަރުގެ މިޑްޓާމް ބްރޭކް ނިމި، ދެވަނަ ޓާމްގެ ކިޔެވުން މާދާމާ ފެށޭނެއެވެ.

ސްކޫލްތަކުން އަންނަނީ ވަރަށް ފޯރިއާއިއެކު މާދަމާ ދަރިވަރުންނަށް މަރުޙަބާކިޔުމަށްޓަކައި ތައްޔާރުވަމުންނެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ބައިގައި ދަރިވަރުން ކިޔަވާފައިވަނީ ޖުމްލަ 93 ދުވަހު ކިޔަވާފައިވާއިރު ދެވަނަ ޓާމުގައި 108 ދުވަހު ކިޔަވައިދޭނެއެވެ. އަދި ޗުއްޓީ އަށް ގޮސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ސްކޫލްތަކުގެ ދިރާސީ އަހަރަށް ނިމިދިޔަ ސަރުކާރުން ގެނައި ބަދަލުތަކާއިއެކު، ކުރިން ޑިސެމްބަރުގައި ދެމުން އައި ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައިވެއެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް، ޓޫރިޒަމްގެ އޮފް ސީޒަނާއިއެކު ޗުއްޓީ ދިނުމުން ބައިންބަފައިންނަށް ދަރިންނާއިއެކު ވަޤުތުތައް ހޭދަކުރުމަށް ފުރުޞަތު ލިބިގެންދާނެކަމަށެވެ.

ނަމަވެސް މިސަރުކާރުން ބުނެފައިވަނީ ޗުއްޓީ ހަމައަށް ދެބަޔަކަށް ބަހާލުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. މަޢްލޫމާތު ލިބޭގޮތުގައި ސަރުކާރުން އަންނަނީ ޗުއްޓީގެ ބޮޑުބައި އަހަރުގެ ފަހުކޮޅަށް އަނެއްކާވެސް ބަދަލުކުރެއްވުމަށް މަސައްކަތްކުރައްވަމުންނެވެ. ސަރުކާރުން ބުނެފައިވަނީ މިބަދަލު ގެންނަނީ ސްކޫލްތަކާއި ވެސް ބެލެނިވެރިންނާއި ވެސް މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

ޓެގްސް: ސްކޫލްތަކުން ތަޢްލީމް ސަރުކާރުގެ ސިޔާސަތުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.