ޑްރޯން ބޭނުންކޮށްގެން ހަމާލާދީފައިވާ އިޒްރޭލުގެ ބޯޓެއް، ތަކުރާރުކޮށް ބޯޓު ފަހަރަށް ޙަމަލާ ދިނުމާއި ކަނޑުފޭރުން އަންނަނި އިތުރުވަމުން

ހަބަރު

އިންޑިއާ ކަނޑުގައި ދަތުރުކުރަމުންދިޔަ އިޒްރޭލުން ބޯޓަށް ޙަމަލާ ދީފައިވަނީ ޔަމަން އިން އިންޒާރު ދީފައިވަނިކޮށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 6 ޖެނުއަރީ 2024 , ހޮނިހިރު 12:07   373

އިންޑިއާ ކަނޑުގައި ރާއްޖެ ހުޅަނގު އުތުރުން ދަތުރުކުރަމުން ދިޔަ އިޒްރޭލުގެ ބޯޓަކަށް ޑްރޯން ބޭނުންކޮށްގެން ދީފައިވާ ޙަމަލާ އާއިގުޅިގެން ޤައުމުތަކުން ސަރަޙައްދުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތަކަށް ބަލާއިރު ޙަމަލާ ދީފައިވަނީ އިޒްރޭލަށް ނިސްބަތްވާ ތެޔޮ ޓޭންކަރަކަށެވެ. އެ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޓޭންކަރު ދަތުރުކުރަމުންދިޔަ މަންޒިލަށް ބަލާއިރު ދަތުރުކޮށްފައިވަނީ ރަތްކަނޑު ހުރަސްކޮށް މެދުއިރުމަތިން ޔަމަނާއި ދިމާލަށެވެ. ޙަމަލާ ދީފައިވަނީ ޔަމަންގެ ބަނދަރާއި ގާތްގަނޑަކަށް 2000 ކިލޯމީޓަރު ދުރުންނެވެ.

ބޯޓަށް ހަމަލާ ދިނުމާއިއެކު ބޯޓުން ވަނި އިތުރު ޙަމަލާ އަތުވެދާނެކަމުގެ ބިރަށް މިޞްރާބް ބަދަލުކޮށްލާފައެވެ.

މިޙަމަލާގެ ކުރިން ޔަމަންގެ ފައުޖުތަކުން އިޒްރޭލަށް އިންޒާރު ދީފައިވެއެވެ. އެ މީހުން ބުނެފައިވަނީ ގާޒާގައި ކުރާ ހަނގުރާމަ ނުހުއްޓަނީސް ރަތް ކަނޑު ހުރަސްކޮށް ދާ އިޒްރޭލުގެ ބޯޓުފަހަރަށް ހަމަލާތައް އަމާޒުކުރާނެކަމަށެވެ.

އިޒްރޭލުގެ ބޯޓަކަށް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުވެސް ޙަމަލާ ދިނުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެ ބޯޓުން ވަނީ އެބޯޓުގެ ޓްރެކްކުރާ ނިޒާމް ނިއްވާލައި ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. އެފަހަރު ޙަމަލާ ދޭން މަސައްކަތްކޮށްފައިވަނީ އީރާނަށް ނިސްބަތްވާ ޑްރޯންއަކުންނެވެ.

އެފްރިކާގެ ހޫތީން ވެސް އަންނަނީ ރަތް ކަނޑު ސަރަޙަދުން ދަތުރުކުރާ ބޯޓު ފަހަރަށް ޙަމަލާދީ ކަނޑުފޭރުމުގެ ޢަމަލުތައް ހިންގަމުންނެވެ.

ޓެގްސް: އިޒްރޭލް ޓެރަރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.