45 މިނެޓުން ދެވޭ މި ރިސޯޓަކީ 100 އިންސައްތަ ދިވެހިންގެ ރިސޯޓެއް

ހަބަރު

'އޯގަ' ރިސޯޓް އިން ޢާމްދަނީ ހޯދޭގޮތަށް، ދިވެހި ފަންނާނުންގެ މަސައްކަތްތައް ގެސްޓުންނަށް ފެންނާނެހެން ވިލާތަކުގައި ބަހައްޓަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 7 ޖެނުއަރީ 2024 , އާދީއްތަ 13:48   541

މާލެއިން ސްޕީޑްބޯޓެއްގައި 45 މިނެޓުން ދެވޭގޮތަށް (ކ.އަތޮޅު މާރަންފުށީގައި) އޮންނަ 'އޯގަ' ރިސޯޓް އިން ދިވެހި ފަންނާނުންނަށް ޚާއްޞަކޮށްގެން, އެ އާޓިސްޓުންގެ މަސައްކަތްތައް ރިސޯޓް ވިލާތަކުގައި ދައްކާލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ތަމްޞީލްކުރުމަށް ހޮވޭ ފަންނުވެރިންގެ މަސައްކަތްތައް އެރިސޯޓުގައި ޚާއްޞަކުރެވޭ ގެލަރީއެއްގައި ޓޫރިސްޓުންނަށް ފެންނާނެހެން ރިސޯޓުެ ވިލާތަކުގައި ބަހައްޓާނެކަމަށް އެރިސޯޓުން މަޢްލޫމާތު ދެއްވައެވެ. އަދި ޓޫރިސްޓުންނަށް ފަސޭހަކަމާއިއެކު އެތަކެތި ގަތުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

މިދިޔަ އަހަރުވެސް ދިވެހި ފަންނުވެރިންގެ ތެރެއިން 40 ފަރާތެއްގެ 160 މަސައްކަތެއް ވިލާތަކުގެ ފާރުތަކުގައި ދާއްކާލާފައިވާއިރު، އެވިލާއެއްގައި ގެސްޓަކު ހުންނަ ކޮންމެ ދުވަހަކަށް އެ އާޓިސްޓަކަށް 1 ޑޮލަރު އެރިސޯޓުން އަންނަނީ ދެމުންނެވެ.

މިކަމުގައި ރިސޯޓުގެ އަމާޒެއްކަމުގައި ވިދާޅުވީ ދިވެހިވަންތަ ތަޖުރިބާތަކާއި، ފަންނުވެރިކަމާއި ވާހަކަތައް، ދިވެހިންގެ ފަރާތުން ވާޞިލްވެގެންދިއުމެވެ.

މިއަހަރުގެ ކަލެކްޝަންގައި ބައިވެރިވުމަށް ޖެނުއަރީ މަހުގެ 31 ގެ ކުރިން އޮންލައިންކޮށް ހުށަހަޅުއްވަންޖެހެއެވެ. އަދި ހުށަހަޅާ ކޮންމެ އާޓްވޯކަށް 100 އެމެރިކާ ޑޮލަރާއި 500 އެމެރިކާ ޑޮލަރުގެ އަގެއް އެފަރާތަކަށް ހުށަހެޅުއްވޭނެއެވެ.

24 ފެބްރުއަރީގެ ކުރިން ގެލަރީގައި ހިމެނިގެންދާނެ ހުށަހެޅުންތައް ފައިނަލް ކުރެވި އެންގޭނެކަމަށް ވެސް އެ ފަރާތުން މަޢްލޫމާތު ދެއްވައެވެ.

އޯގަ ރިސޯޓް

ދިވެހި ބަހުގައި 'އޯގަ' ގެ މާނައަކީ އިރުވަރު އެވެ. ލަގްޒަރީ 60 ވިލާ ހިމެނޭ މިރިސޯޓަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވާފައިވާ ރިސޯޓެކެވެ. މިރިސޯޓް އޮންނަނީ ކ.އަތޮޅު މާރަންފުށީގައެވެ.

ޓެގްސް: މުބާރާތްތައް ޢެގްޒިބިޝަންތައް/ ގެލަރީތައް ދިވެހިރާއްޖޭގެ ރިސޯޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.