އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޯޝަލް މީޑިއާގައި ދިން ހަމަލާތަކާމެދު މެގަސްޓާ އަމީތާބް ބައްޗަން ވަނީ ހިތްހަމަނުޖެހުން ފާޅުކޮއްފަ

ހަބަރު

އަމީތާބް ބައްޗަންވެސް ލަކްޝަދީޕް ޕްރޮމޯޝަނަށް

ހުސެން ހަމްދާން - އިންޑިއާ | 9 ޖެނުއަރީ 2024 , އަންގާރަ 07:50   651

ނަރެންދުރަ މޯދީގެ ދަތުރުފުޅަށް ފަހު މާގިނައިރުތަކެއް ނުވެ ބޮލީވުޑްގެ ގިނަ މަޝްހޫރު ފަރާތްތަކެއް ނުކުމެ ލަކްޝަދީޕް ޓޫރިޒަމަށް ތާއީދުކުރިއިރު، އޭގެ ތެރޭގައި ސަލްމާން ޚާން، ޝްރަދާ ކަޕޫރު އަދި ރަންވީރު ސިންގް ފަދަ ތަރިން ހިމެނެއެވެ.

ލަކްޝަދީޕް އާއި ރާއްޖެ އާއި ދެމެދު ސޯޝަލް މީޑިއާގައި އުފެދުނު މައްސަލަ ފުރިހަމަ ޑިޕްލޮމެޓިކް މައްސަލައަކަށް ބަދަލުވެ ދިން ހަމަލާތަކާމެދު މެގަސްޓާ އަމީތާބް ބައްޗަން ވަނީ ހިތްހަމަނުޖެހުން ފާޅުކޮއްފައެވެ. ހޯމަ ދުވަހު ބައްޗަން ވަނީ ލަކްޝަދީޕް ޖަޒީރާތަކަށް ތައުރީފު ކުރައްވައި އިންޑިއާގެ ފަތުރުވެރިކަމަށް ހިތްވަރު ދިނުމަށް ތާއީދު ކުރައްވާފައެވެ.

އާދީއްތަ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށާއި އިންޑިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން ފުރައްސާރަކޮށް ވާހަކަ ދެއްކެވި ތިން ވަޒީރަކު ސަސްޕެންޑްކޮށްފައެވެ. ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި ‘އެކްސް’ ގައި ޕީއެމް ދެއްވި ޕޯސްޓަށް ތިން މިނިސްޓަރުން ފާޑުވިދާޅުވެ ވަނީ އެއީ ރާއްޖޭގެ ބަދަލު ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ތަރައްގީކުރަން އުޅޭ ޕްރޮޖެކްޓެއްކަމަށާއި އިންޑިއާ މީހުންނަށް ރާއްޖެއާ އެއްފެންވަރަން ނާދެވޭނެކަމަށްބުނެ ދަށުދަރަޖައިގެ ބަސްތައްބޭނުން ކޮއްފައެވެ.

ބަޗަން އެކްސް ގައި ކުރީގެ ކްރިކެޓް ކުޅުންތެރިޔާ ވިރެންދަރު ސިންގްގެ ޕޯސްޓެއް އަލުން ހިއްސާކުރިއިރު، އެ ޕޯސްޓުގައި އޭނާ ވަނީ ކޮންމެވެސް ވަރަކަށް އިންފްރާސްޓްރަކްޗާ ސަޕޯޓާއެކު ޓޫރިސްޓް ހަބަކަށް ވުމުގެ ފުރުސަތު އޮތް އަދި އިންޑިއާގައި އެކްސްޕްލޯ ނުކުރެވި ހުރި ތަނެއްކަން ފާހަގަ ކޮއްފައެވެ.

އަމީތާބް ބައްޗަން ކުރި ޕޯސްޓް
ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.