މޯލްޑިވިއަނުން އަލަށް ގެންނަނީ ކުއްޔަށް ބޯއިން 787-8 މަރުކާގެ ބޯޓެއް

ހަބަރު

މޯލްޑިވިއަން އަށް 270 ސީޓުގެ މަތިންދާބޯޓެއް ގެންނަނީ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 ޖެނުއަރީ 2024 , ބުދަ 08:53   447

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އަށް 270 ސީޓުގެ މަތިންދާބޯޓެއް ގެންނަން މަސައްކަތް ފަށައިފިއެވެ.

މޯލްޑިވިއަނުން އަލަށް ގެންނަން މަސައްކަތްކުރަނީ ބޯއިން 787-8 މަރުކާގެ ވައިޑް-ބޯޑީ (ހަށިގަނޑު-ފުޅާ) މަތިންދާ ބޯޓެކެވެ. މި ބޯޓު ގެންނަނީ ކުލިދައްކާ އުސޫލުންނެވެ. އެ އެއަރލައިނުން ވަނީ ބޯޓު ހޯދުމަށް ޢާއްމުކޮށް ހުޅުވާލައި އިޢްލާންކޮށްފައެވެ. އަދި ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުލުވާލާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވިއަން ބޯޓު ނަގާނީ 6 އަހަރުގެ ދުވަހުގެ މުއްދަތަކަށްކަމަށް ބުނެފައިވެއެވެ.

ބޯޓުގައި އިކޮނޮމީ ކްލާހުގައި 250 ސީޓު އަދި ބިޒްނެސް ކްލާހުގައި 0 ސީޓު ހުންނާނެއެވެ. ބެލެވޭ ގޮތުގައި މި ބޯޓު ބޭނުން ކުރެވޭނީ ރާއްޖެއިން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމަށެވެ.

މޯލްޑިވިއަނަށް ގެންނަ މި ބޯޓާއިއެކު އާ 7 މަންޒިލަކަށް ދަތުރު ފެށުމަށް މޯލްޑިވިއަނުން އަންނަނީ ތައްޔާރުވަމުންނެވެ.

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް މޯލްޑިވިއަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.