ރާއްޖެއައި ފަތުރުވެރިންތަކެއް، މިވަގުތު ރާއްޖެއަށް އަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ ރަޝިއާ ރައްޔިތުން

ހަބަރު

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން 12 އިންސައްތަ އިތުރުވެފައިވޭ، އިންޑިއާ އެންމެ ކުރީގައި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 10 ޖެނުއަރީ 2024 , ބުދަ 10:33   862

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން 12 އިންސައްތަ އިތުރުވެފައިވާކަމަށް ޑިޕާޓްމެންޓް އޮފް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ ޑިޕާޓްމެންޓުން ނެރުނު ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރުު ރާއްޖެ އައިސްފައިވަނީ ފަތުރުވެރިންގެ ޖުމްލަ އަދަދަކީ 1،878،539 އެވެ. އޭގެ ކުރީ އަހަރު (2022 ވަނަ އަހަރު) ޒިޔާރަތްކޮށްފައިވަނީ 1،677،266 ފަތުރުވެރިއެކެވެ.

އެހެންކަމުން ވޭތުވެދިޔަ އަހަރަކީވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެކެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހު، ކުރިއަރާ މިންވަރު ކުޑަ ތަންކޮޅެއް ދަށްވެފައިވެއެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 194،691އަށް އަރަ އެވެ. މީ އޭގެ ކުރީއަހަރު ޑިސެމްބަރު މަހު އައި ފަތުރުވެރިންނަށްވުރެ 5.78 އިންސައްތަ އިތުރު އަދަދެކެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރުގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،280 ފަތުރުވެރިން ރާއްޖެ ޒިޔާރާތް ކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައި ދުވަހު 8،054 ފަތުރުވެރިން އައިސްފައިވެއެވެ.

ޑިސެމްބަރު މަހު ރާއްޖެ ޒިޔާރާތްކޮއްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮއްފައިވަނީ 25,825 ފަތުރުވެރިންނާއެކު އިންޑިއާއިންނެވެ. ނޮވެމްބަރުގައި ވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އޭގެ ފަހަތުގައި އޮތީ އިޓަލީ ވިލާތާއި ރަޝިއާއެވެ.

ޓެގްސް: އިންޑިއާ ޓޫރިޒަމް ތަފާސްހިސާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.