ހައުސިންގ މިނިސްޓަރ ޢަބްދުއްﷲ މުއްތަލިބް މީޑިއާތަކާއި ވާހަކަދައްކަވަނީ

ހަބަރު

2 ބިލިއަން ޑޮލަރުގެ ހުޅުމީދޫ 15 ކިލޯ މީޓަރު ބްރިޖްގެ ފީޒިބިލީޓީ ހެދުމަށް ޗައިނާ ކުންފުންޏަކަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 10 ޖެނުއަރީ 2024 , ބުދަ 13:22   1049

ބިލިއަނަކަށް ވުރެ ޑޮލަރު ޚަރަދުވާނެކަމަށް ބެލެވޭ، އައްޑޫސިޓީ ހުޅުމީދޫގެ 15 ކިލޯ މީޓަރުގެ ބްރިޖްގެ ފީޒިބިލީޓީ ހެދުމަށް ޗައިނާ ކުންފުންޏަކާއި ޙަވާލުކުރުމަށް މަސައްކަތް ކުރެވެމުންދާކަމަށް ސަރުކާރުން ބުނެފިއެވެ.

އުމްރާނީ ތަރައްގީ އާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ޗައިނާގައި ހުންނަވައި، ދައުލަތުގެ މީޑިއާއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވީ، މިހާތަނަށް އެ މަސައްކަތައް ޝައުޤުވެރިކަން ފާޅުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކުންކަމަށެވެ.

ސަރުކާރުގެ 6 ވަޒީރަކާއިއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެ ޗައިނާގެ ވެރިރަށް ބެއިޖިންގ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަތަކެއް ދައްކަވާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އައްޑޫ ގައި ވަކިން އެކަހެރިކޮށް އޮންނަ ހުޅުދޫ އާއި މީދޫގައި ދިރިއުޅެނީ 4،000 އެއްހާ މީހުންނެވެ. އައްޑޫގެ އާބާދީގެ ބޮޑުބައި އޮންނަނީ ގުޅިފައިވާ ހަތަރު ރަށުގައެވެ.

ހުޅުމީދޫ އާއި ގުޅިފައިވާ ހަތަރު ރަށާއި ދެމެދު ގާތްގަނޑަކަށް 15 ކިލޯ މީޓަރު ހުރެއެވެ. ހުޅުލެ އާއި މާލެއާއި ދޭތެރޭ އަޅާފައިވާ ބްރިޖަކީ 1.4 ކިލޯ މީޓަރުގެ ބްރިޖެކެވެ. އެ ބްރިޖަށް 300 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައި ވާއިރު ބްރިޖްގެ މަސައްކަތްކޮށްފައިވަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އެ ބްރިޖް ހަދަން ނަގާފައިވާ ލޯނަށް ދައްކަންވާ ފައިސާގެ ބޮޑުބައެއް ކުރިއަށް އޮތް އަހަރު ދިވެހި ދައުލަތުން ދައްކަން ޖެހޭނެއެވެ.

އައްޑޫގައި ނިމިދިޔަ ސަރުކާރުން ވަނީ ގާތްގަނޑަކަށް 190 ހެކްޓަރުގެ ބިން ހިއްކައި 117 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ އެހީގައި ފަށާފައެވެ.

އައްޑޫގައި ބިން ހިއްކާފައިވ ވިޔަސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުން ލަސްވުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ.

ޓެގްސް: ޗައިނާ ބޯހިޔާވަހިކަން އައްޑޫ ބްރިޖް ތަރައްޤީގެ މަސައްކަތްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.