އިލެކްޝަނުން ކޮމިޝަން، ރޯދަމަސްތެރޭގައި އިންތިޚާބު ބޭއްވުމަށް ނިންމީ ވަޤުތު ކުޑަތަންވާތީކަމަށް ވިދާޅުވި

ހަބަރު

މަޖިލީސް އިންތިޚާބު ރޯދަމަހުގެ ކުރީކޮޅު، ވޯޓު ލުމުގެ ޙައްޤު 284،327 މީހަކަށް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 11 ޖެނުއަރީ 2024 , ބުރާސްފަތި 07:59   374

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށް އޮތް ރަމްޟާންމަހުގެ 6 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ. އެއީ މާޗު މަހުގެ 17 ވަނަ ދުވަހެވެ.

އީސީ އިން ކުރިން ބުނެފައިވަނީ އިންތިޚާބު ރޯދަމަހާއި ދިމާވާތީއާއި ސިޔާސީ ޕާޓީތަކުން އިންތިޚާބު ލަސްކޮށްދިނުމަށް އެދިފައިވާތީ އެކަން އެގޮތަށް ކުރިވިދާނެތޯ ބެއްލެވިކަމަށާއި، އެހެންނަމަވެސް އެކަން އެގޮތަށް ކުރުމަށް ވަގުތު ތަން ނުދޭ ކަމަށެވެ.

އިންތިޚާބު ފަސްކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީ އިންނެވެ.

ރާއްޖޭގެ އެކެޑެމިކް ކެލެންޑަރަށް ސަރުކާރުން ގެންނަވާފައިވާ ބަދަލުތަކާއިއެކު ކުޑަ ޢީދުގެ ބަންދަށްފަހު ސްކޫލްތަކުގެ އިމްތިޙާންތައް ފެށޭނެއެވެ. ރާއްޖޭގައި ވޯޓުލާ މަރުކަޒުތަކަކީ ޢާއްމުގޮތެއްގައި ސަރުކާރުގެ ސްކޫލްތަކެވެ.

ސަރުކާރުން މި އަހަރުގެ ރަމަޞާންމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ވެސް ހަމަޖައްސަވާފައިވެއެވެ.

ގާނޫނު ބުނާ ގޮތުން މެމްބަރުންގެ ދައުރު ހަމަވުމުގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު 19 ގައި ކަމަށް އީސީން ކުރިން ބުންޏެވެ. އީސީ މީގެ ކުރިން 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން ނިންމީ އެ ސަބަބުތަކާ ހެދި ކަމަށާއި ވޯޓުލާ ގަޑިތަކާއި މަރުކަޒުތައް މި މަހުގެ 30 ގައި އިއުލާންކުރާނެ ކަމަށް އީސީން ބުންޏެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި 284،327 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާކަމަށް އިލެކްޝަނުން ނެރެފައިވާ ވަގުތީ ލިސްޓުގައި ވެއެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވަނީ 282،803 މީހަކަށެވެ.

އިންތިޚާބާ ބެހޭ މަރުކަޒަށާއި ކައުންސިލްތައް ވެސް ހިމެނޭގޮތަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ޖެނުއަރީ މަހުގެ 21 ވަނަ ދުވަހާއި ހަމައަށް އީސީ އިން ހުޅުވާލާފައިވެއެވެ.

ޓެގްސް: އިންތިޚާބު އިލެކްޝަންސް ކަމިޝަން ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.