ޗައިނާ އެމްބެސެޑަރާއިއެކު ރައީސް މުޢިއްޒު

ހަބަރު

މާލޭ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޗައިނާއިން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭއެހީ ދޭން ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ޖެނުއަރީ 2024 , ހޮނިހިރު 18:53   526

ޗައިނާ ސަރުކާރުން ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭއެހީ ދޭން ނިންމައިފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އެއަރޕޯޓްގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ފައިސާގެ ބޮޑު ބައެއް ޚަރަދުކުރުމަށް ހަމަޖެހިވަނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށެވެ.

މިއީ ރައީސް މުޢިއްޒު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ލިބުނު މިފަދަ ފުރަތަމަ ބޭރުގެ އެހީއެވެ.

ޗައިނާ ދަތުރުފުޅާއިއެކު ދިވެހި ސަރުކާރުން ވަނީ ޖުމްލަ 20 އެއްބަސްވުމެއްގައި ސޮއިކޮށްފައިކަމަށް ރައީސް އޮފީހުން މަޢްލޫމާތު ދެއްވައެވެ.

ޓެގްސް: ޗައިނާ-ރާއްޖެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.