ރައީސް މުޢިއްޒު

ހަބަރު

ޔޫރަޕުން ބޭސް، ކާޑުގެ ބާވަތްތައް ތުރުކީވިލާތުން، އަދި އާސަންދައަށް ވެސް ބަދަލުތަކެއް

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ޖެނުއަރީ 2024 , ހޮނިހިރު 19:07   366

އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑުގެ ބާވަތްތައް ގެނައުން ހުއްޓާލައި އެހެން ސަރަޙައްދުތަކުން އެތަކެތި ގެނައުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އެއަރޕޯޓްގައި ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާާޅުވީ، ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓާލައި، ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް ސީދާ ޔޫރަޕުން އެތެރެކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ގެންނަން ނިންމާފައިވަނީ ތުރުކީ ވިލާތުންނެވެ.

ރައީސް ވިދާޅުވީ ޢާއްމުކޮށް ރާއްޖެއަށް އެތެރެކުރަނީ ފެންވަރުދަށް ބޭސްތަކެއްކަމަށެވެ. އެކަމުގެ ޝަކުވާތައް ވެސް ގިނަވެފައިވާކަމަށެވެ.

"އާދައިގެ ބޭސް ގެނައުން ނިމުކަކަށް ގެނެސް، ސީދާ އުފައްދާ ތަނުން، ޔޫރަޕުންނާއި އެމެރިކާއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭސް އެތެރެ ކުރުން ބަދަލު ކުރާނަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އާސަންދަ އާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، "އާސަންދަ ނިޒާމަކީ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގޮސްގެން އެކަނި ބޭނުން ކުރެވޭ އެއްޗަކަށް ނުހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމަކަށް އާސަންދަ ފުޅާކުރާނެ" ކަމަށެވެ.

ސަރުކާރުން މިބަދަލުތަކަށް ޢަމަލުކުރައްވަން ފައްޓަވާނެ ތާރީޚްތަކާއި އިތުރު ތަފްޞީލްތައް ލިބިފައި ނުވެއެވެ.

ޓެގްސް: އާސަންދަ ކާބޯތަކެތީގެ ޔަޤީންކަން ފާމަސީ އަދި ބޭސްވެރިކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.