ސަރުކާރު ކެންޑިޑޭޓް ޢާޒިމާ އަދި ރައީސް މުޢިއްޒު ވަނީ އާޒިމަށް މަރުޙަބާ ދަންނަވާފައި، ވޯޓުލާން ނިކުތީ 32 ޕަސެންޓް މީހުން

ހަބަރު

މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިޚާބުކޮށްފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 13 ޖެނުއަރީ 2024 , ހޮނިހިރު 22:03   477

މިއަދު ބޭއްވުނު ބައި އިލެކްޝަނުގައި، މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އިންތިޚާބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ބެހެއްޓި 55 ފޮށީގެ ތެރެއިން ހުރިހާ ފޮއްޓެއް ގުނާ ނިމުނު އިރު، އާޒިމަށް 7،621 ވޯޓު (%44.8) ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވ ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް 5،032 ވޯޓު (%29.6) ލިބިވަޑައިގެންފައިވެއެވެ.

ތިންވަނަ އަށް ދިޔަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް ފާތިޙް އަށް ލިބިވަޑައިގެންނެވީ 2،336 ވޯޓެވެ. އަދި ރައީސް ޔާމީންގެ ތާޢީދާއިއެކު ނިކުންނެވި ހެސެން ވަޙީދަށް ލިބިވަޑައިގެންނެވީ 1،888 ވޯޓެވެ. ފަސްވަނަ އަށް ދިޔާ އަމިއްލަ ކެންޑިޑޭޓް ޝުޢައިބު އަށް ލިބިވަޑައިގެންނެވީ 125 ވޯޓެވެ.

އިންތިޚާބުގައި ކާމިޔާބު ހޯއްދެވުމާއި ގުޅިގެން އާޒިމާ އާއި ފާތިޙްގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އާޒިމަށް ގުޅުއްވައި މަރުޙަބާ ދަންނަވާފައެވެ.

އާޒިމް އަކީ ނިމިދިޔަ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރެވެ.

މިއިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ އެންމެ 32 އިންސައްތަ މީހުންނެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހުންނަށް ލިބުނެވެ. 2021 ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 41 އިންސައްތަ މީހުންނެވެ.

މިއިން އިންތިޚާބާއިއެކު ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ ތިން މެމްބަރެއްގެ ބައި އިލެކްޝަން ވެސް ބޭއްވިފައިވެއެވެ. އެތަނުން 2 ގޮނޑި ކާމިޔާބު ކުރީ ސަރުކާރު ކެންޑިޑޭޓުންނެވެ. އަނެއް ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީއިންނެވެ.

އިންތިޚާބުން ނާކާމިޔާބުވުމުން ސަރުކާރުގެ ފަރާތުން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، އިންތިޚާބު ގެއްލުނީ ފޯކަސް ނުކުރެވި، މަސައްކަތް ނުކުރެވުމުންކަމަށެވެ. އަދި މިދިޔަ ދުވަސްތަކުގައި ރައްޔިތުންނާއި ބާއްވާންޖެހޭ ގުޅުންތައް ނުބޭއްވުނީތީ މާފަށްއެދިވަޑައިގަތެވެ.

ޓެގްސް: ލޯކައުންސިލްތައް އިންތިޚާބު އިލެކްޝަންސް ކަމިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.