ޗައިނާ އެމްބެސެޑަރު (މ) އަދި ރައީސް މުޢިއްޒު އެޤައުމުގެ އޮފިޝަލަކާއި ސަލާންކުރައްވަނީ

ހަބަރު

ޗައިނާއިން ނަގާފައިވާ ބިޔާ ލޯންތަަކަށް އަނބުރާ ފައިސާދެއްކުން 5 އަހަރު ފަހަށް މަޑުޖައްސާލަން ޗައިނާއިން ނިންމައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 14 ޖެނުއަރީ 2024 , އާދީއްތަ 09:09   817

ރައީސް ޔާމިން ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ބިޔާ ލޯންތަަކަށް އަނބުރާ ފައިސާދެއްކުން 5 އަހަރު ފަހަށް މަޑުޖައްސާލަން ޗައިނާއިން ނިންމައިފިއެވެ.

އޭރު ޕީޕީއެމް ސަރުކާރުގައި ޗައިނާއިން ވަނީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަށް ގިނަ ޢަދަދެއްގެ ފައިސާ ދަރަނީގެ ގޮތުގައި ނަގާފައެވެ. ހުޅުލޭ ބްރިޖް މަސައްކަތާއި، ވެލާނާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އާއި، އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު އާއި ބޯހިޔާވަހިކަން ފަދަ ގިނަ ކަންކަމަށް އެފައިސާ ބޭނުންކޮށްފައިވެއެވެ.

އޭރު ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއެޑް ހަމަވެ، ފައިސާގެ ބޮޑުބައެއް ދައްކަންޖެހިފައި އޮތީ މިސަރުކާރުންނެވެ.

ރައީސް މުޢިއްޒުގެ ޗައިނާ ދަތުރުފުޅަށްފަހު ސަރުކާރުކާރުން ބުނެފައިވަނީ، ޗައިނާ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ އިތުރު 5 އަހަރުގެ ގްރޭސް ޕީރިއެޑެއް ލައިދީ، ފައިސާ އަނބުރާ ދެއްކުން 5 އަހަރަށް މަޑުޖައްސާލުމަށް އެޤައުމުގައި ބޭއްވުނު ރަސްމީ ބައްދަލުވުންތަކުގައި އެދިފައިވާނެކަމަށާއި، އެކަމަށް އެޤައުމުގެ ސަރުކާރުން ވަގުތުން ފަހި ޖަވާބެއް ދެއްވިކަމަށެވެ.

ރައީސްގެ ދަތުރު ފުޅާއިއެކު ޗައިނާ ސަރުކާރުން ވަނީ ރާއްޖެއަށް 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމާފައެވެ. އެފައިސާގެ ބޮޑުބައެއް ހޭދަކުރާނީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށްކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ.

މިހާރު ޗައިނާ ސަރުކާރުން މިދިން ލުޔާއިއެކު ސަރުކާރުން އިތުރު ލޯނުތަކެއް ޗައިނާއިން ނަގާނެކަމަށް ބެލެވެއެވެ. ރާއްޖޭގެ ދަރަނީގެ ޙާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް އެމްއެމްއޭ ގެ އިތުރުން ބައިނަލްޢަޤްވާމީ މާލީ އިދާރާތަކުން ވެސް ދަނީ ބުނަމުންނެވެ.

ޓެގްސް: ޗައިނާ-ރާއްޖެ ގުޅުން ދައުލަތުގެ ދަރަނި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.