ސީރިއާގައި ޙާލުގައި ޖެހިފައިބާ އާއިލާއެއް، 100 އާއި ގާތްކުރާ ޢަދަދަކަށް ދިވެހިން އެޤައުމުގައި ޙާލުގައި ޖެހިފައި އެބަތިބި

ހަބަރު

ސީރިއާގައި ޙާލުގައި ޖެހިފައިވާ ދިވެހި 21 މީހަކު އެނބުރި ރާއްޖެ ގެނެސް ރިހެބިލިޓޭޓްކުރުމުގެ މަސައްކަތް ފަށައިފި

އަލީ އަޒްޔަން - ދުނިޔެ | 16 ޖެނުއަރީ 2024 , އަންގާރަ 15:15   118

ސީރިއާގައި ޙާލުގައި ޖެހިފައިވާ ދިވެހި 5 ޢާއިލާއަކަށް ނިސްބަތްވާ 21 ދިވެއްސަކު، ރޭ ފަތިހު، އެނބުރި ރާއްޖެ ގެނެސް ރިހެބިލިޓޭޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރިހެބިލިޓޭޓްކުރުމުގެ މަސައްކަތް ފަށާފައިވަނީ، މިކަމަކަށް ޤާނޫނުގެތެރެެއިން ހަދާފައިވާ ޚާއްޞަ މަރުކަޒުގައެވެ.

ނޫސްވެރިންނާއި ވާހަކަދައްކަވަމުން ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ފަރާތްތައް މުޖްތަމަޢަށް ނެރޭނީ، ރިހެބިލިޓޭޝަން މަސައްކަތް ފުރިހަމަވެ މުޖްތަމަޢަށް ނުރައްކަލެއް ނެތްކަން ޔަޤީންވުމުން ކަމަށެވެ.

މީގެ ކުރިން ގެނެވުނު މިފަދަ ބައެއް މީހުން އަހަރެއްހާ ދުވަސް ރީހެބްގައި ހޭދަކޮށްފައިވެއެވެ.

މިނިސްޓަރ އިހްސާން ވިދާޅުވީ، ދިވެހިން މިގޮތަށް ބޭރުގައުމުތަކަށް ދާއިރު ނިކަން ވިސްނާލަންޖެހޭ ކަމަށާއި، ފިރިމީހާ މަރުވެ އަނބިދަރިން ޙާލުގައި ޖެހެމުންދާ މަންޒަރާއި މެދު ވިސްނަންޖެހޭކަމަށެވެ.

ދާޚިލީ ވަޒީރުގެ ޕްރެސް

މި ހުރިހާ އެންމެން ވެސް ގެނެވުނީ ޗާޓަރު ފްލައިޓެއްގައި، ތުރުކީ ބޯޑަރުންނެވެ. މި ޙަރަކާތުގައި ތުރުކީވިލާތުގެ އެހީތެރިކަން ސަރުކާރުން ހޯދާފައިވާކަމަށް މަޢްލޫމާތު ލިބެއެވެ. ރައީސް މުޢިއްޒު ވެރިކަމަށްވަޑައިގެން އެންމެފުރަމަ ރަސްމީ ދަތުރެއް ކުރެއްވީ ވެސް ތުރުކީއަށެވެ.

މިނިސްޓަރު ވިދާޅުވީ މި މީހުން ގެނައުމަށް ލަގްޒަރީ އެއަރލައިން ބިޔޯޑަށް 120،000 ޑޮލަރު ދައްކާފައިވާކަމަށާއި އެއީ ހުށަހެޅުނު އެންމެ ކުޑަ އަގު ކަމަށެވެ. ބިޔޯންޑަކީ ސިމްޑީ ކުންފުނީގެ ދަށުން ރާއްޖޭގައި އޮޕަރޭޓް ކުރާ ފްލައިޓްތަކެކެވެ.

ޖުމްލަ 90 އަށްވުރެ ގިނަ މީހުން، އެނބުރި އަންނަން އެދިފައިވާކަމަށް މިނިސްޓަރު މަޢްލޫމާތު ދެއްވިއެވެ.

ޓެގްސް: ދާޚިލީ ވުޒާރާ ޢަލީ އިހުސާން ސީރިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.