ހިތަދޫ ކެމްފަހުގައި ދަރިވަރުންތަކަކަށް ހުރި ފުރުޞަތުތަކާއި ގުޅޭ މަޢްލޫމާތު ކެމްޕަހުގެ ފަރާތުން ފޯރުކޮށްދެނީ

ހަބަރު

އެމްއެންޔޫ ހިތަދޫ ކެމްޕަސް، ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްޞަ ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ބުރާސްފަތިދުވަހު ހަވީރު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 17 ޖެނުއަރީ 2024 , ބުދަ 09:56   624

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީ، (އެމްއެންޔޫ) ގެ ހިތަދޫ ކެމްޕަހުގައި ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްޞަ ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ބުރާސްފަތި ދުވަހު ހަވީރު އޮންނާނެކަމަށް އެކެމްޕަހުން ބުނެފިއެވެ.

އެކްސްޕްރެސް ނިއުސް އާއި ވާހަކަދައްކަވަމުން، އެކެމްޕަހުގެ މެނޭޖަރ ހައްވާ ޒަރީނާ ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން، ދަރިވަރުންނަށް އަމިއްލަ ކެރިއާއެއް އުފެއްދުމަށް ބޭނުންވާނެ މުޙިއްމު މަޢްލޫމާތުތައް ޙިއްޞާކުރެވިގެންދާނެ ކަމަށެވެ. މިގޮތުން، ތަފާސްހިސާބުތަކަށް ބިނާކޮށް، ވަޒީފާގެ ބާޒާރުގައި އެންމެ ބޮޑަށް ބޭނުން ޖެހިފައިހުރި ދާއިރާތަކާއި، ސަރުކާރުން އިސްކަންދޭ ދާއިރާތަކުގެ މަޢްލޫމާތުތައް، އަދި ކެމްޕަހުގައި ހުރި ކިޔެވުމުގެ ފުރުޞަތުތަކުގެ މަޢްލޫމާތު ދެވިގެންދާނެކަމަށެވެ.

ބެލެނިވެރިން ވެސް އަތުން ބޮޑު ޚަރަދެއްނުކޮށް އަމިއްލަ ރަށުގައި ތިބެގެން އެންމެ ޒަމާނީ މަތީ ތަޢްލީމް ހޯދުމުގެ ފުރުޞަތު އަޅުގަނޑުމެން މިފަހިކޮށްދެނީ. ވަރަށް މުޙިއްމު ބެލެނިވެރިން ވެސް ދަރިވަރުންނާއިއެކު ވަޑައިގަތުން. އަދި ސެކަންޑަރީ ގްރޭޑްތަކުން ވެސް ދަރިވަރުން އައުން. ސްކޫލްތަކަށް ވެސް ބާރުއެޅިދާނެކަމެއް އެއީ. މިފަދަ ޕްރޮގްރާމްތަކުން ލިބޭ މަޢްލޫމާތުތައް ވަރަށް ބޮޑު ރޯލެއް އަދާކުރާނެ، ދަރިވަރުންގެ މުސްތަޤްބަލް ކަށަވަރުކުރުމުގައި.

~ ޙައްވާ ރަޒީނާ، ހިތަދޫ ކެމްޕަސް މެނޭޖަރ

އެމްއެންޔޫގެ ކެމްޕަސްތަކުން ދިވެހި އެތައްހާސް ދިވެހިން ބިނާކޮށް ވަޒީފާތަކަށް ނެރެފައިވާއިރު، އެކެމްޕަސްތަކަކީ އެންމެ ޒަމާނީ ލެބޯޓްރީތަކާއި ލައިބްރަރީގެ ވަޞީލަތްތައް ހިމެނިގެން ދަރިވަރުންގެ ކިޔެވުމަށް ފަހިވާނެހެން ފަރުމާކުރެވިފައިވާ ކެމްޕަސްތަކެއްކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރު، އެމްއެންޔޫ އިން ވަނީ، އިނގިރޭސިވިލާތުގެ ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަން (ކިއުއޭއޭ) އިން ދެވޭ ގްލޯބަލް ކޮލިޓީ އެކްރެޑިޓޭޝަން ވެސް ހާސިލްކޮށްފައެވެ. މިއީ އިނގިރޭސިވިލާތާއި ޔޫރަޕުގައި ވެސް ޔުނިވާސިޓީތައް ގިންތިކުރާ މަރުކަޒެވެ.

އެމްއެންޔޫ ގައި މިއަހަރު ކުރިއަށްދާނެ ޕްރޮގްރާމްތަކަށް ބަލާއިރު، އެޑްވާސް ސެޓްފިކެޓް އިން ސޯޝަލް ސާވިސެސް، މާސްޓާސް އިން ޕަބްލިކް ހެލްތް އަދި މާސްޓާސް އިން ބިޒްނެސް އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.

އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި، އެހެން ރަށްރަށުން އަންނަ ދަރިވަރުންނަށް، އަންހެންކުދިންނާއި ފިރިހެންކުދިންނަށް ވަކިންތިބެވޭނެހެން ސިކިރިޓީއާއިއެކު ދަނާލެއް ވެސް ހުރެއެވެ. މަހު ކުލީގެ ގޮތުގައި ކޮންމެ ކުއްޖަކަށް ދައްކަންޖެހެނީ އެންމެ 500 ރުފިޔާއެވެ.

ޓެގްސް: އެމްއެންޔޫ އެމްއެންޔޫ ހިތަދޫ ކެމްފަސް ކެރިއަރ-ގައިޑެންސް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.