މާލޭގެ މޭޔަރ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް

ހަބަރު

ސަރުކާރުން މާލޭސިޓީ ކައުންސިލަށް ނުފޫޒުފޯރުވުން ހުއްޓާލުމަށް އިންތިޚާބީ މޭޔަރ އާޒިމް ގޮވާލައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 18 ޖެނުއަރީ 2024 , ބުރާސްފަތި 08:34   467

ސަރުކާރުން މާލޭސިޓީ ކައުންސިލަށް ނުފޫޒުފޯރުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ހުއްޓާލުމަށް އިންތިޚާބީ މޭޔަރ އާޒިމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

އާޒިމް މި ގޮތަށް ގޮވާލައްވާފައިވަނީ ސިޓީ ކައުންސިލުން، އަމިއްލަ ނިންމުމެއްގެ ގޮތުގައި މާލޭގައި ހިންގަން ރާވާފައިވާ ބޮޑެތި މަޝްރޫޢުތައް ސަރުކާރާއި ޙަވާލުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ބަދަލުކުރަން ނިންމި މަޝްރޫޢުތަކުގެ ތެރޭގައި މަސްމާރުކޭޓާއި ޕާކިންގ ބިލްޑިންގ ހިމެނެއެވެ.

ކުރިއަށް އޮތް ހަފްތާގައި އާޒިމް ރަސްމީކޮށް މަޤާމުގެ ހުވާކުރައްވައި މާޤާމާއި ޙަވާލުވެވަޑައިގަންނަވާނެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރކަމަށް އާޒިމް ހޮވިވަޑައިގެންނެވި ނަމަވެސް، އެކައުންސިލްގެ މެޖޯރިޓީ އޮންނަނީ ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލީޝަނަށެވެ.

އާޒިމް ތުހުމަތުކުރައްވާ ގޮތުގައި ރައީސް އޮފީހުގެ ބައެއް މުވައްޒަފުން ވަނީ ސިޓީ ކައުންސިލަށް ވަދެ އެތަނުގެ ލިޔެކިޔުންތައް ނަގައި، ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައެވެ.

ދާދި ފަހުން ރައީސް ޔާމީން އުފެއްދެވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ ވެސް ވަނީ ރައީސް އޮފީހުގެ ބައެއް ބޭފުޅުން ސިޓީ ކައުންސިލަށް ވަޑައިގެން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު އައިމިނަތު ޝަތުފާ ވިދާޅުވެފައިވަނީ، ރައީސް އޮފީހުގެ އެއްވެސް މުވައްޒަފަކު ކައުންސިލް އޮފީހަށް އައިސްފައިނުވާ ކަމަށާއި އެފަދަކަމެއް ހިނގާފައިނުވާކަމަށެވެ.

ޓެގްސް: މާލެ ސިޓީކައުންސިލް އާދަމް އާޒިމް ލާމަރުކަޒީ ނިޒާމު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.