ވޯޓުލާ މަރުކަޒެއްގައި ވޯޓުލުމަށް ތައްޔާރުވަނީ، ގިނަ އިންތިޚާބުތައް ބޭއްވުމުގެ ބަދަލުގައި އިންތިޚާބުތައް އެއްކުރުމުގެ މަޝްވަރާތައް ކުރެވުނު ނަމަވެސް އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ކު

ހަބަރު

ވޯޓުލާން ފޫހިވެފައިތިބި ރައްޔިތުންތަކެއް، މާގިނައިން ވޯޓުލާންޖެހޭތީ ވާގޮތެއްބާ، ނޫނީ ރައްޔިތުން އެދޭފަދަ މޫނުތަކެއް ނުފެންނަނީބާ؟

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 20 ޖެނުއަރީ 2024 , ހޮނިހިރު 09:48   577

އިންތިޚާބަކަށް ފަހު އިންތިޚާބެއްގައި ވޯޓުލާ މީހުންގެ އަދަދު މަދުވުމުން ދާކަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ތަފާސް ހިސާބުތަކުން ދައްކާއިރު، މިއީ ކީއްވެގެން ވާކަމެއްކަން ކޮންމެވެސް ބަޔަކު ބަލައި ހޯދަންޖެހެއެވެ.

ނިމިދިޔަ މާލޭގެ މޭޔަރުގެ ބައި-އިލެކްޝަންގައ ވޯޓުލާން ނިކުމެފައިވަނީ އެންމެ 38 އިންސައްތަ މީހުންނެވެ. އަދި އޭގެ ކުރިއަށް ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 41 އިންސައްތަ މީހުންނެވެ.

ދާދިފަހުން އީސީގެ ރައީސް ފުވާދު ތަޢުފީޤް ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވީ، އިންތިޚާބުތަކަށް މީހުން ނުނިކުންނަނީ "ޑިމޮކްރެސީ އަށް ރައްޔިތުން އޮތް ޝަޢުގު ކުޑަވުމުން" ކަމަށެވެ. ނަމަވެސް، އެއާއި މެދު އެއްބަސް ވެވޭކަމަށް ނެތެވެ. މިއީ، ޑިމޮކްރެސީގެ މައްސަލައެއް ނޫނެވެ.

ރިޔާސީ އިންތިޚާބުގައި ގިނަ ބަޔަކު ވޯޓުލާން ނިކުންނަމުން އައި ނަމަވެސް، އެހެން އިންތިޚާބުތަކުގައި އަބަދުވެސް ފެނިގެންދަނީ ތަރުޙީބު ކުޑަގޮތަކަށެވެ. ވަކިން ޚާއްޞަކޮށް ކައުންސިލްތަކުގެ އިންތިޚާބުތައް އެހާ ސީރިއަސް އިންތިޚާބުތަކެއްގެ ގޮތުގައި ގިނަބަޔަކު ނުނަގައެވެ.

މިކަމާއި ގުޅޭގޮތުން އެކި ސަރުކާރުތަކުގައި، އަދި އެކި ސިޔާސީ ޕާޓީތަކުގައި މެދުގައި އިންތިޚާބުތައް އެއްކުރުމާއި ގުޅޭ މަޝްވަރާތައް ކުރެވިފައި ވީނަމަވެސް އެކަމަށް އެދެވޭ ގޮތެއްގައި އެއްވެސް ފަރާތަކުން މަސައްކަތްކޮށްފައި ނުވެއެވެ.

އިންތިޚާބުތައް އެއްކޮށްލުމަކީ، ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ޤައުމަކަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުތަނުން ތިރި ކުރެވޭނެކަމެކެވެ. އަދި ސިޔާސީ ގޮތުން ހަމަޖެހުމަށް ވެސް މަގުފަހިވާނެކަމެކެވެ. ހަމަ އެހެންމެ ސަރުކާރުތަކަށް ވެސް ކެމްޕޭންތަކަށް ވަގުތު ދުއްވާލުން ހުއްޓާލައި ޤައުމުގެ ތަރައްޤީ އާއިމެދު ވިސްނަން ޖާގަ ލިބޭނެއެވެ. ކަރަޕްޝަން ވެސް ފަހަރުގައި ކުޑަކުރެވިދާނެއެވެ.

އެންމެ ފަހުން ބޭއްވުނު މާލޭގެ މޭޔަރުގެ އިންތިޚާބުގައި ސަރުކާރަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީ އެކަށީގެންވާ ވަގުތު ސަރުކާރު ހިންގާ ޕާޓީއަށް ނުދެވުމުންކަމަށް ޢާއްމުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރު ހިންގާ ޕާޓީގެ ރައީސް، ޢަބްދުއް ރަޙީމް ވިދާޅުވެފައިވެއެވެ. ހަމަ ޙަޤީގަތުގައި ވެސް ވަޤުތު ދޭން ދަތިވާނެއެވެ. ޤައުމެއް ހިންގަމުން އަބަދު ކެމްޕޭނެއްގެ އަވައިގައި ޖެހިފައި ތިބެވިދާނެހެއްޔެވެ؟

ފާއިތުވެދިޔަ 15 ވަރަކަށް އަހަރު 24 ގަޑިއިރު ހެން ރައްޔިތުން މިތިބެނީ ސިޔާސީ އަވަ ލައްވާފައެވެ.

މިކަންކަން ދިރާސާކޮށް އިސްލާޙުކުރުމަށް އިދިކޮޅު އެމްޑީޕީ އަށް ވަޤުތާއި ފުރުޞަތު އެބައޮތެވެ. ނަމަވެސް، އެޕާޓީ ވެސް މާ މުސްކުޅިއެވެ. އާ ޒުވާނުންނަށް ޖާގަދީ، ޕާޓީ ބޮޑުތަނުން އިސްލާޙްކުރަން ޖެހެއެވެ.

ޓެގްސް: އިންތިޚާބު އިލެކްޝަންސް ކަމިޝަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.