ފުވައްމުލައް ސިޓީ ކައުންސިލް، ރަންވޭއަށް ބަދަލު ގެންނައިރު ބައެއްގެތައް ވެސް ނަގަންޖެހޭ، މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެއް

ހަބަރު

ފުވައްމުލަކު އެއަރޕޯޓް ރަންވޭ ބޮޑުކުރުން، މުހިއްމު އެކަމަކު ގޮންޖެހުން ބޮޑު މަސައްކަތެއް!

އަލީ އަޒްޔަން - ފުވައްމުލަކު | 21 ޖެނުއަރީ 2024 , އާދީއްތަ 09:51   524

ރާއްޖެއިން ބޭރުން އަންނަ ޓޫރިސްޓް ޖެޓްތައް ޖެއްސޭ ފެންވަރަށް ފުވައްމުލަކު އެއަރޕޯޓް ތަރައްޤީކޮށް، ފަތުރުވެރިކަމަށް އިތުރު އެނދުތައް ނެރެން ސަރުކާރުން މަސައްކަތްކުރައްވަމުން އަންނަކަން ހާމަކުރައްވައިފިއެވެ.

ފުވައްމުލަކު އެއަރޕޯޓް ފުރަތަމަ 2011 ވަނަ އަހަރު ތަރައްޤީކޮށްފައިވަނީ އެސްޓީއޯ އާއި ޙަވާލުކޮށްގެން އެސްޓީއޯގެ ބެލުމުގެދަށުންނެވެ. ނަމަވެސް ފަހުން އެއަރޕޯޓް ވަނީ ސަރުކާރުގެ އެހެން އެއަރޕޯޓްތައް ވެސް ބަލަހައްޓާ ރީޖަނަލް އެއަރޕޯޓްސް އޮފީހާއި ޙަވާލުކޮށްފައެވެ.

ރިޖަނަލް އެއަރޕޯޓްސްގެ ފަރާތުން މަޢްލޫމާތު ދެއްވާގޮތުގައި ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭ ދިގުކޮށް، ޕާކިންގ ޖާގަ އިތުރުކުރުމުގެ މަސައްކަތްކުރުމަށް ބޭނުންވާ އިނީޝިއަލް ސާވޭގެ މަސައްކަތްކުރުމަށް ބަޔަކު ހޯދުމަށް އަންނަ ހަފްތާއަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މިއީ ރައީސްގެ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ފުވައްމުލަކު އެއަރޕޯޓްގައި މިހާރު އޮންނަނީ 1200 މީޓަރު ދިގުރަންވޭއެކެވެ. ޖެޓްތަކަށް އެއަރޕޯޓް ފައްކާކުރާނަމަ އިތުރު 400 ނުވަތަ 600 މީޓަރު ބޭނުންވާނެއެވެ.

ފުވައްމުލަކުގެ ރަންވޭ މިހާރު އޮތްގޮތުން އިތުރަށް ހިއްކައިގެން ޖާގަ އިތުރުކުރެވޭނެ ގޮތެއް ނެތެވެ. ރީޖަނަލް އޮފީހުން މަޢްލޫމާތު ދެއްވާގޮތުގައި ރަންވޭގެ އޮރިއެންޓޭޝަން (އޮންނަގޮތަށް) ބަދަލުތަކެއް ގެންނަންޖެހެއެވެ. އެކަމުގެ ތެރޭގައި ބައެއްގެތައް ނަގަން ޖެހުމަކީ ވެސް އެކަށީގެންވާކަމެކެވެ. އަދި އެކަމާއި ގުޅޭ މަޝްވަރާތައް ކައުންސިލާއިއެކު ކުރިއަށް ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ރައްޔިތުންގެ ރުހުންވެސް ހޯދަންޖެހެއެވެ.

އަދި މިބަދަލުތަކާއިއެކު ބޮޑު ޚަރަދެއް ހިނގާނެކަމަށް ވެސް އެ އޮފީހުން ލަފާކޮށްފައިވެއެވެ.

ފުވައްމުލަކުގައި އެއަރޕޯޓް ހެދިގެންދިއުމާއި އެކު ޓޫރިޒަމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ފުވައްމުލައް މާކެޓްކޮށް މަޝްހޫރުވެގެން ގޮސްފައިވަނީ ޑައިވް މަންޒިލެއްގެ ގޮތުގައެވެ. ޖުމްލަ 10 ޑައިވް ސެންޓަރު މިހާރު އެރަށުގައި ޤާއިމުވެފައިހުރިއިރު، ގިނަ ޢަދަދަކަށް ގެސްޓް ހައުސްތައް ހެދިފައިވެއެވެ.

މިލިޔުމާއި ގުޅޭ:

ޓެގްސް: ފުވައްމުލައް ފުވައްމުލަކުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތައް ޑޮމެސްޓިކް އެއަރޕޯޓްތައް ދެކުނުގެ ޓޫރިޒަމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.