ބާޒާރުމަތީގައި ފިޔާ ކިލޯއެއް 25ރ. އަށް އަލުވި 20ރ. އަށް، ރޯދައަށް ބޭނުންވާ ކާބޯތަކެތި ގަތުމަށް ބޭނުންވާ ޑޮލަރު ބޮޑުއަގުގައި ގަންނަން ޖެހުމުގެ ޝަކުވާ ބޮޑު

ހަބަރު

ރޯދަމަސް ބޯމަތިވަމުން އަންނައިރު ޑޮލަރުގެ އަގު 19ރ. އިން މައްޗަށް، ތަކެތީގެ އަގު އުފުލެނީ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 23 ޖެނުއަރީ 2024 , އަންގާރަ 10:37   560

ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 19 ރުފިޔާއަށް އުފުލިފައިވާއިރު، ބާޒާރުގައި ތަކެތީގެ އަގުތައް ވެސް އުފުލެން ފަށައިފިއެވެ.

ޖެނުއަރީ މަހުން ފެށިގެން ޑޮލަރު ހޯދުމުގައި ވަރަށް ބޮޑަށް ދަތިވެފައިވާކަމަށް ވިޔަފާރިތަކުން ބުނެއެވެ. ބޭންކުތަކުން ވިޔަފާރިތަކަށް މުދާ ގަތުމަށް ބޭނުންވާ ޑޮލަރު ދޫކުރުން ވެސް ވަނީ ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ.

ރޯދައަށް ބޭނުންވާ ކާބޯތަކެއްޗަށް މިހާރު ފައިސާ ފޮނުވަން ޖެހިފައިވާއިރު، ވިޔަފާރިވެރިން ބުނަނީ، ބޮޑުއަގުގައި ޑޮލަރު ގަންނަންޖެހުމުން ތަކެތީގެ އަގު މަތިކުރަން މަޖުބޫރުވާކަމަށެވެ.

"ޓީޓީތަކަށް ޑޮލަރު ނުދޭ" ކަމަށް ވިޔަފާރިވެރިއަކު ބުނެފައިވެއެވެ. އަދި ބޭންކުތަކުން ވެސް މިކަމަށް އެއްބަސް ވެފައިވެއެވެ.

ބާޒާރުގައި އަގުތަކަށް ބަލާއިރު، ފިޔާ ކިލޯއެއް ވިއްކަން ހުރީ 25 ރުފިޔާއަށެވެ. އަލުވި ކިލޯއެއް ވިއްކަން ހުރީ 20 ރުފިޔާއަށެވެ. އަދި ރަށްރަށުގައި މިއަގުތައް ހުރީ 30 ރުފިޔާ އާއި 40 ރުފިޔާ ދޭތެރޭގައެވެ.

ސަރުކާރުން ކާބޯތަކެއްޗާއި ގުޅޭގޮތުން ގިނަ ވަޢުދުތަކެއް ވެފައިވެއެވެ. އޭގެތެރޭގައި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ތުރުކީ ވިލާތުން ގެންނަން ނިންމާފައިވެއެވެ. ހަމައެހެންމެ ކަޅުބާޒާރު ހުއްޓުވާނެކަމަށް ވެސް ވަޢުދުވެފައިވެއެވެ. ނަމަވެސް، މީގެ، އެއްވެސްކަމަކަށް ޢަމަލީ މަސައްކަތެއް މިހާތަނަށް ކޮށްފައިވާކަމުގެ މަޢްލޫމާތު ލިބިފައިނުވެއެވެ.

ވިޔަފާރިތަކުން ބުނަނީ ސަރުކާރުގެ ވާހަކަތައް ދެކޮޅު ނުޖެހޭކަމަށާއި، ތުރުކީ ހިސާބުން ތަކެތި ގެންނަ ތަކެތީގެ އަގު ބޮޑުވެފައި ބޮޑު ޚަރަދެއް ކުރަންޖެހޭކަމަށާއި އެއީ ކުރެވޭނެކަމެއް ނޫންކަމަށެވެ.

ޓެގްސް: ކާބޯތަކެތީގެ ޔަޤީންކަން ކާނާ ތަކެތީގެ އަގުއުފުލުން ޔޫއެސްޑޮލަރު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.