ޕަސްކަލް-ޔުނިޓީ ކިިޑްސް ފެސްޓް 2024، ސޮނޯޕާޓީ އާއިއެކު ތަފާތު އެކިކަހަލަ ސްޓޯލްތައް ހުންނާނެ

ހަބަރު

އައްޑޫ ގައި 'ކޮކޯ-މޭން' އާއިއެކު ސިޓީ ސްކޮއަރގައި ކުޑަކުދިންގެ ޚާއްޞަ ހަވީރެއް، ހޮނިހިރުދުވަހު

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 25 ޖެނުއަރީ 2024 , ބުރާސްފަތި 09:04   943

ކުޑަކުދިންގެ މެދުގައި މަޤްބޫލު ކެރެކްޓަރތަކުގެ ތެރެއިން ކެރެކްޓަރ އެއްކަމުގައިވާ، 'ކޯކޯ މޭން' އާއިއެކު، ޕަސްކަލް-ޔުނިޓީ ކިިޑްސް ފެސްޓް 2024 ގެ ނަމުގައި ކުޑަކުދިންގެ ޚާއްޞަ ހަވީރެއް ހޮނިހިރު ދުވަހު ހަވީރު އޮންނާނެއެވެ.

މި ޙަރަކާތް އިންތިޒާމު ކުރަނީ ޔުނިޓީ ފައުންޑޭޝަނާއި އައްޑޫސިޓީ ކައުންސިލް ގުޅިގެންނެވެ. ޙަރަކާތް އޮންނާނީ އައްޑޫ ސިޓީ ސްކޮއަރގައެއެވެ.

ޔުނިޓީ ފައުންޑޭޝަންގެ އޮފިޝަލަކު މަޢްލޫމާތު ދެއްވިގޮތުގައި ގިނަ ސްޓޯލްތަކަކާއިއެކު، އެކި އުމުރުފުރާގެ ކުދިން ޝައުގުވެރިވާނެހެން ގޭމްތަކާއި ފޯރިގަދަ ހަރަކާތްތައް މި ހަވީރުގެތެރެއިން ކުރިއަށް ގެންދާނެއެވެ.

އެންމެ ބޮޑު ހައިލައިޓަކީ ކުޑަކުދިންގެ އެކުވެރިޔާ 'ކޮކޯމޭން' ފެނިގެންދިއުން. އޭގެ އިތުރުން ފޯމް ޕާޓީ ސްޓޭޝަނަކާއި، ކުޑަކުދިންގެ ސިކުނޑި ސްޓިމިއުލޭޓް ކުރާ ގޭމްތަކާއި، މޫނުގައި ކުލަ ޖެއްސުމުގެ ސްޓޭޝަންތަކާއި، ރޭސްކާރު ދުއްވުމާއި، ފުޓްބޯޅައިގެ އިތުރުން ކުޑަކުދިން ޝައުގުވެރިވާނެ އެތައްކަމެއް ހިމެނިގެންދާނެ. ސްކޫލްތަކުގެ ދަރިވަރުން ވެސް އައިޓަމްތައް ހުށަހަޅައިދޭނެ. ތަފާތު ސްޓޯލްތަކަށް ދާއިރު، ކޮންމެ ސްޓޯލެއްގައި ވެސް ގިވްއަވޭތަކާއި އިނާމުތައް ހުންނާނެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ބައިވެރިވެވޭނެހެން ހުރިހާ ފަރާތްތަކަށް ވެސް އިންކްލޫސިވްކޮށް، އުފާވެރި މާޙައުލެއްގައި މި ހަވީރު ކުރިއަށްގެންދާނީ.

~ ޔުނިޓީގެ އޮފިޝަލް

މަޖާ ހަރަކާތްތަކުގެ އިތުރުން ކާބޯތަކެތީ ރަހަތައް ބަލާލުމަށް ލޯބިކުރާ ފަރާތްތަކަށް އެކިކަހަލަ ބުއިންތަކާއި ކެއުންތައް ކެންޓީން ސްޓޯލްތަކުން ލިބޭނެއެވެ.

މި ހަވީރުގެ އެންމެ ބޮޑު ހައިލައިޓަކީ ކުޑަކުދިންގެ އެކުވެރިޔާ ކޮކޯމަންގެ ހާއްސަ ސްޓޭޖް ޕާފޯމަންސެކެވެ.

ނޮން-ގަވާމެންޓަލް އޯގަނައިޒޭޝަން (އެންޖީއޯ) އެއްގެގޮތުގައި މަސައްކަތްކުރާ ޔުނިޓީ ފައުންޑޭޝަން އިން ބުނެފައިވަނީ، އެ ފައުންޑޭޝަނުން ބާއްވާ ޙަރަކާތްތަކުގެ މަޤްޞަދުތަކުގެ ތެރޭގައި، ވަކިވަކި ފަރުދުން ބާރުވެރިކުރުމާއި ޑައިވަރސިޓީއާއި ޑިމޮކްރަސީ ފަދަ އުސޫލުތައް ކުރިއެރުވުމާއި، ރާއްޖެ އެއްބައިވަންތަކުރުމަށް މަސައްކަތްކުރުން ހިމެނޭކަމަށެވެ.

މި ޙަރަކާތުގެ މެއިންސްޕޮންސަރ

މި ޙަރަކާތުގެ މެއިން ސްޕޮންސަރ އަކީ، ވިލާތުގެ ޤައުމެއްކަމަށްވާ ސްޕޭންގެ މަޝްހޫރު 'ޕަސްކަލް' ބްރޭންޑެވެ.

ޓެގްސް: ކުޑަކުދިންގެ ޙަރަކާތްތައް އައްޑޫގައި ބޭއްވޭ އިވެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.