ސަރުކާރު ކޯލީޝަނުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން، މިއީ ރާއްޖޭގައި ގިނަ ޕާޓީތައް ހިމެނިގެން ބޭއްވޭ މިފަދަ ފުރަތަމަ ޕްރައިމަރީ

ހަބަރު

71،000 ވުރެ ގިނަ މީހުންނަށް ވޯޓުލެވޭ، ޕީޕީއެމް/ޕީއެންސީގެ މަޖްލިސް ޕްރައިމަރީ ވޯޓުލުން މިއަދު

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 27 ޖެނުއަރީ 2024 , ހޮނިހިރު 10:28   285

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި، ސަރުކާރު ހިމެނޭ ކޯލީޝަނުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ވޯޓުލުން މިއަދު ކުރިއަށް ދާނެކަމަށް އެކޯލީޝަނުން ބުނެފިއެވެ.

މި ވޯޓުލުން އޮންނާނީ މިއަދު ހެނދުނު 10:00 އިން ހަވީރު 17:00 އަށެވެ. 73 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވުމަށް އެޕާޓީއިން ނިންމާފައިވާއިރު މި އިންތިޚާބުގައި 283 ކެންޑިޑޭޓަކު ވާދަކުރެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ މިއަދު ބާއްވާއިރު، 71،000 އަށްވުރެ ގިނަ މީހުންނަށް ވޯޓު ލެވޭނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައިވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މި ޕްރައިމަރީގައި 227 ވޯޓު ފޮށި ބެހެއްޓެފައިވާކަމަށެވެ. މާލޭގައި ބެހެއްޓޭ އަތޮޅުތަކުގެ ފޮށިތައް ބެހެއްޓުމަށް ނިންމާފައިވަނީ ހެންވޭރު ދަނޑުގައެވެ. މާލޭގެ ރައްޔިތުންނަށް ވޯޓު ލެވޭނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ)ގައި ބެހެއްޓިފައިވާ ފޮށިތަކަށެވެ.

ޕްރޮގްރެސިވް ކޮންގްރެސްގެ މަޖިލީސް ޕްރައިމަރީ އަމާންކަމާއެކު ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އިލްތިމާސް ކުރައްވައިފިއެވެ.

މިއީ ރާއްޖޭގައި އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ ހިމެނިގެން ބޭއްވޭ މިފަދަ ފުރަތަމަ ޕްރައިމަރީއެވެ.

ޓެގްސް: ޕީޕީއެމް ޕީއެންސީ މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.