ސިނަމާލެ ބްރިޖް

ހަބަރު

ސިނަމާލެ ބްރިޖްގެ ބެލެހެއްޓުން އިތުރު 3 އަހަރަށް ކޮށްދިނުމަށް ޗައިނާއިން އެއްބަސްވެއްޖެ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 ޖެނުއަރީ 2024 , ހޯމަ 09:54   444

މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑުއެއް ޕްރޮޖެކްޓްކަމަށްވާ، ޗައިނާގެ އެހީގައި ހަދާފައިވާ މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖް އިތުރު 3 އަހަރަށް ބެލަހައްޓައިދިނުމަށް ޗައިނާ އިން އެއްބަސްވެއްޖެއެވެ.

މި ބްރިޖަކީ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާގެ ހިލޭ އެހީ އާއި ލޯނުގެ ދަށުން 2018 ވަނަ އަހަރު ނިންމުނު ޕްރޮޖެކްޓެކެވެ. އެންމެ ފުރަތަމަ ޗައިނާ އިން އެއްބަސްވީ ބްރިޖް 2 އަހަރަށް ބަލަހައްޓައި ދިނުމަށެވެ. ފަހުން އިތުރު 3 އަހަރަށް ބަލަހައްޓައިދިނުމަށް އެދޭކަމަށް ޗައިނާއިން ބުނެފައި ވީނަމަވެސް އޭރުގެ ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވެއެވެ.

ބްރިޖް ބެލެހެއްޓުމުގެ މަސައްކަތަކީ ޚަރަދު ބޮޑު މަސައްކަތެކެވެ. ނިމިދިޔަ ސަރުކާރުން މާ ބޮޑު މެއިންޓެނެސްގެ މަސައްކަތްތަކެއް ކޮށްފައި ނުވެއެވެ.

ބްރިޖް ނިންމުމަށްފަހު ދަބަރުގެ މައްސަލަ ކުރިމަތިވުމުން ވެސް ޗައިނާއިން ވަނީ އެކަމަށް ޙައްލު ހޯދައިދީފައެވެ.

ޓެގްސް: ޗައިނާ-ރާއްޖެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.