ހުރިހާ ދާއިރާތަކަށް ފުރުޞަތު ހުޅުވާލި ނަމަވެސް ގިނަ ދާއިރާތަކުން ނަންތައް ހުށަހަޅާފައި ނުވޭ

ހަބަރު

ޑިމޮކްރެޓްސް މަޖްލިސް ޕްރައިމަރީއަށް ފިނި ތަރުޙީބެއް، ޕްރައިމަރީ ބޭއްވުން އެންމެ 4 ދާއިރާގައި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 30 ޖެނުއަރީ 2024 , އަންގާރަ 09:50   421

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން ބާއްވާ، ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ބާއްވާ ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތަށް ފިނި ގޮތަކަށް ނިންމާލައިފިއެވެ.

ޑިމޮކްރެޓްސް އިން ނަން ހުށަހެޅުމުގެ ފުރުތުޞަތު ހުޅުވާލީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ނަން ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، ޖުމްލަ 46 ކެންޑިޑޭޓަކުން ނަން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 42 ކެންޑިޑޭޓަކު ވަނީ، ދާއިރާ އަށް ވާދަކުރާ ހަމައެކަނި ކެންޑިޑޭޓުގެ ގޮތުގައި ޓިކެޓް ލިބިފައެވެ.

އެއް ކެންޑިޑޭޓުންނަށް ވުރެ ގިނަ ކެންޑިޑޭޓުން ނަން ހުށަހަޅާފައިވަނީ އެންމެ 4 ދާއިރާއަށެވެ. އެދާއިރާ ތަކަކީ:

  • ކެލާ ދާއިރާ
  • ކަނޑިތީމު ދާއިރާ
  • ހުޅުމާލެ ދެކުނު ދާއިރާ
  • ހެންވޭރު ދެކުނު ދާއިރާ

އައްޑޫ ސިޓީ އިން ނަން ހުށަހަޅާފައިވަނީ، ހިތަދޫގެ 3 ދައިރާގެ އިތުރުން ހުޅުދޫ ދާއިރާއަށެވެ. މި ހަތަރު ދާއިރާގައި ނަން ހުށަހަޅާފައިވަނީ ކޮންމެ ދާއިރާއަކަށް އެންމެ ކެންޑިޑޭޓެކެވެ.

ޑިމޮކްރެޓުން ބުނެފައިވަނީ 3 ފެބްރުއަރީ 2024 ގައި ކަމަށެވެ.

މަޖްލީސް ޕަރައިމަރީގައި ދެން ކުރިއަށް އޮތީ އެމްޑީޕީގެ ޕްރައިމަރީއެވެ. ޕީޕީއެމް/ޕީއެންސީ ކޯލީޝަނުންނާއި އެމްޑީޕީ އިން ވެސް ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ހުރިހާ ދާއިރާއަކުން ކަހަލަ ގޮތަކަށް ވާދަކުރެއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން ވަނީ ވާދަވެރިކަމާއިއެކު ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ވާދަވެރި ޕްރައިމަރީ ނިންމާލާފައެވެ.

ޓެގްސް: މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.