އެލްޖީއޭގެ ސީއީއޯ، އެލްޖީއޭ އިން ބުނަނީ ފުރިހަމަ ކުރަންޖެހޭކަންކަން ހުރިކަމަށް، އެކަމަކު ކޮންކަންކަމެއްކަން ވިދާޅުވެނުދެއްވާ

ހަބަރު

ތިނަދޫގެ ސިޓީގެ ދަރަޖަ އެލްޖީއޭ ގެ ބޯޑުން ހިފަހައްޓައިފި

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 30 ޖެނުއަރީ 2024 , އަންގާރަ 11:05   700

ރައީސް ސޯލިޙްގެ ވެރިކަމުގައި، ތިނަދޫ އަށް ދެވުނު ސިޓީގެ ދަރަޖަ ލޯކަލް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުން ހިފަހައްޓައިފިއެވެ.

މިކަމަކާއި ގުޅިގެން އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެފައިވަނީ، ތިނަދޫ އަށް ސިޓީގެ ދަރަޖަ ދީފައިވަނީ އަވަސް އަރުވާލައިގެން، ބަލަންވާކަންކަން ބަލަންވާވަރަށް ނުބަލައިކަމަށެވެ. ނަމަވެސް ސީދާ ކޮންކޮން ކަންކަމެއްކަން ވިދާޅުވެދެއްވާފައި ނުވެއެވެ.

"ވެރިކަން ނިމެން އުޅެނިކޮށް އަވަސް އަރުވާލައިގެން ކޮށްފައި އޮތްކަމެއް އެކަމަކީ. ފުރިހަމަ ވާންޖެހޭ ކަންކަން ފުރިހަމަ ވީމާ، މާދަމާ ވެސް، އަނެއް ދުވަހު ދޭ ގޮތަކަށް އަޅުގަނޑުމެން މިތިބީ" ޒުލްފާ ވިދާޅުވިއެވެ.

ސީއީއޯ ޒުލްފާ އިތުރަށް ވިދާޅުވީ ތިނަދޫގެ އިތުރުން ވެސް، ރާއްޖޭގެ އެހެންކަންކޮޅުތަކުގައި ވެސް އާބާދީ 10،000 އަށްވުރެ ގިނަވާ ރަށްރަށް އެބަހުރިކަމަށާއި، ޤާނޫނުގައި ވެސް ފުށުއެރުންތަކެއް ހުރިކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ އަކީ ވެސް 10،000 އަށްވުރެ ގިނަ މީހުން އާބާދީގައި ހިމެނޭރަށެކެވެ. މީގެ ކުރިން ހިތަދޫ ވެސް ސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުންތަކެއް ކުރީގެ ސަރުކާރުތަކުން ގެންގުޅުއްވާފައިވެއެވެ. ހިތަދޫގެ އާބާދީ ގައި މިހާރު 20،000 އާއި ގާތްކުރާ އަދަދަކަށް މީހުން ތިބިއިރު ރައްޔިތުންގެ މަޖިލީހުގައި 3 މެމްބަރުން ތިއްބަވައެވެ. މީގެ ކުރިން އައްޑޫސިޓީ ކައުންސިލުން ވަނީ އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ވެސް މަޖިލީހުގައި ހިތަދޫއަށް އިތުރު ގޮނޑިއެއް ނުދިނުމުން ޤަރާރެއް ފާސްކޮށްފައެވެ.

ދިވެހި ރާއްޖޭގެ ލާމަރުކަޒީ ކުރުމާއި ގުޅޭ ޤާނޫނުގެ ދަށުން، އާބާދީގައި 10،000 އަށްވުރެ ގިނަ މީހުން ހިމެނޭ ރަށްރަށަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިނުމުގެ އުސޫލެއް އޮވެއެވެ.

މީގެ ކުރިން ކުޅުދުއްފުއްޓާއި ފުވައްމުލައް ސިޓީއަށް ވެސް ސަރުކާރުން ސިޓީގެ ދަރަޖަ ދެއްވާފައިވެއެވެ.

ތިނަދޫގެ އާބާދީ 10،000 އިން މައްޗަށް އަރާފައިވާކަން އިލެކްޝަން ކަމިޝަނާއި ތަފާސްހިސާބުތަކުން ދައްކައެވެ. ތަނަދޫގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނެފައިވަނީ، މި ސަރުކާރުން ތިނަދޫގެ ސިޓީ ދަރަޖަ ޖަހައިގަތުމަކީ ބަލައިގެނެވޭނެކަމެއް ނޫންކަމަށެވެ.

ޓެގްސް: ސަޢުދު ޢަލީ ތިނަދޫ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.