ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްދޭ މަރުކަޒެއް، ދަރިވަރުންނަށް ވެސް ޑޮލަރުބުމުގައި ބޮޑެތި ގޮންޖެހުން ހުރިކަމަށް ދަރިވަރުން ބުނޭ.

ހަބަރު

ޑޮލަރުގެ ތާށިކަން އިންތިހާއަށްަ، ޙަޤީޤީ މައްސަލައަށް ޙައްލުހޯދަން އެއްވެސް މަސައްކަތެއް ނުކުރެވޭ!

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 1 ފެބުރުއަރީ 2024 , ބުރާސްފަތި 12:04   413

ސަރުކާރުން ޑޮލަރާއި ފައިސާގެ ތާށިކަން އޮތްކަމަށް ރަސްމީކޮށް ބުނެފައި ނުވިނަމަވެސް، ފިނޭންސް މިނިސްޓްރީ އިން އެކަމަށް އެއްބަސްވެ ބޭންކުތަކަށް ޑޮލަރު ދޫކުރުމުގައި ދަތިކަން ހުރިކަމަށް އެއްބަސްވެއްޖެއެވެ.

މީގެ ކުރިން ވެސް ފިނޭންސް މިނިސްޓަރު ކެބިނެޓަށް ޑޮލަރުގެ ދަތިކަމާއި ފައިސާގެ ދަތިކަމުގެ މައްސަލަ ހުށަހަޅުއްވާފައިވެއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހުރިހާ ވަޒީރުންނަށް ވެސް އެކަމުގައި ޙައްލުހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

ކިޔަވާ ކުދިންނަށް މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރަމުންދާ 750 ޑޮލަރު ބޮޑުކުރަން ކެބިނެޓުން ނިންމީ ހުސްވި ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.ޑިސެމްބަރު 25 ގައި އޮތް ކެބިނެޓް ބައްދަލުވުމުން ނިންމާފައިވަނީ ފެބްރުއަރީ 1, އިން ފެށިގެން އެ އަދަދު 1,200 ޑޮލަރަށް މަތި ކުރުމަށެވެ. ނަމަވެސް އޭރުވެސް ގިނަ ފަރާތްތަކުން ބުނަމުން ދިޔައީ އެއީ ކުރެވޭނެކަމެއް ނޫންކަމަށެވެ.

ރާއްޖެއަށް އެކަށީގެންވާ ރަނގަޅު ޢާމްދަނީއެއް ލިބޭއިރު ވެސް، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި ކުރިމަތިލާންޖެހި، ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އުފުލެން މެދުވެރިވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތަށް ލިބޭ ފައިސާގެ ބޮޑުބައެއް، ރާއްޖޭގެ އެކައުންޓްތަކަށް ނުވަދެ ބޭރުގެ އެކައުންޓްތަކަށް ދާތީއެވެ - ބޭންކުތަކަށް ބޭރުފައިސާ ނުވަންނާތީއެވެ.

މިއީ މީގެ ކުރިންވެސް ޙައްލުކުރުމަށް ސަރުކާރުތަކަށް ނުކުޅެދިފައިވާ މައްސަލައެކެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތުހުމަތުކުރަނީ ޓޫރިޒަމް ސިނާޢަތުގެ ޙިއްސާދާރުންގެ އަތުން ސަރުކާރާއި އިންތިޚާބުތަކަށް ކުރިމަތިލާ ފަރާތްތަކުން ސްޕޮންސާރ ހޯދާ މިންވަރު އިތުރުވުމުން ވާގޮތެއްކަމަށެވެ. ސަރުކާރާއި މެމްބަރުން ތިބެނީ އިންތިޚާބުތައް ނިމޭއިރު ފިތި ބާރުވެފައެވެ.

އިޤްތިޞާދީ މާހިރުން ބުނާގޮތުން، ޑޮލަރުގެ މައްސަލައަށް ވެސް އަދި މާލިއްޔަތަށް ވެސް ޙައްލު ހޯދޭނީ ޓޫރިޒަމް ސިނާޢަތުން ލިބޭ ފައިސާ ދައުލަތުގެ ބޭންކްތަކަށް ވަދެގެންނެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް އެކަން އޮންނަނީ އެގޮތަށެވެ. އަދި ރާއްޖޭގެ ޤާނޫނުތައް ވެ ބުނަނީ އެގޮތަށެވެ.

ޓެގްސް: ޔޫއެސްޑޮލަރު އިގްތިޞޯދު ބީއެމްއެލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.