އިންޑިއާގެ ކޯސްޓްގާޑް ސިފައިން ރާއްޖެ މަސްދޯންޏަކަށް އަރާފައިވާ މަންޒަރު

ހަބަރު

އިންޑިއާ ސިފައިން ދޯންނަން އެރީ ކަނޑުގެ ޤާނޫނާއި ޚިލާފަށް، ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅުވާން ޖެހޭ

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 2 ފެބުރުއަރީ 2024 , ހުކުރު 23:11   305

އިންޑިއާ ސިފައިން ދޯންނަން އެރީ ކަނޑުގެ ޤާނޫނާއި ޚިލާފަށްކަމަށް ދިވެހި ސަރުކާރުން ބުނެފައިވާއިރު، ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅުވާން ޖެހެއެވެ.

އިންޑިއާގެ ކޯސްޓްގާޑް ސިފައިން ދިވެހިރާއްޖޭގެ ކަނޑުގައި އޮތް ދިވެހި މަސް ދޯންޏަކަށް އެރީ ކީވެގެންކަމެއް، އަދި ދޯންޏަށް އަރައި ކުރި ކަންކަމުގެ ތަފްޞީލްތައް ލިބިފައިނުވި ނަމަވެސް، ދޯނީގައި ތިބި ބައެއް މީހުންގެ ފޯނުގައި ހުރި މަޢްލޫމާތުތައް ފޮހެލާފައިވާކަމުގެ މަޢްލޫމާތު ލިބެއެވެ.

ލީކުވެފައިވާ ވީޑިއޯތަކުން ފެންނަ އިރު އިންޑިއާގެ ކޯސްޓްގާޑް ސިފައިން ދޯންޏަށް އަރާއިރު ކައިރީގައި އެހެން މަސްދޯންޏެއްގެ އިތުރުން އިންޑިއާގެ ކޯސްޓްގާޑްގެ ދެ އުޅަނދެއް ޙަރަކާތްތެރިވާ މަންޒަރު ފެނެއެވެ.

ދޯނީގެ ބައެއް ފަޅުވެރިންނާއި ޙަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އިންޑިއާ ސިފައިން ދޯންޏަށް އެރީ ފުރަތަމަ ޑްރޯން ފޮނުވައިގެން ބެލުމަށްފަހު ކަމަށެވެ.

މިޙަރަކާތުގެ އެއްވެސް މަޢްލޫމާތެއް އިންޑިއާ ސަރުކާރުން ޙިއްޞާކޮށްފައި ނުވާއިރު، އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މިހާރު ހިނގަމުން މިދާ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ވަރަށް ބޮޑަށް އިންޑިއާ އާއި ދެކޮޅުވެރިވުމަށްފަހު ޕްރޯ-ޗައިނާ ޤައުމެއްގެ ގޮތުގައެވެ. ޗައިނާ އާއި އިންޑިއާ އަކީ ވެސް ބާރުގަދަ ދެ ހަތުރުންނެވެ. ދެޤައުމަކީ ވެސް ބައިނަލް ޢަޤްވާމީ މަސްރަޙްގައި ހުރިހހާ ގޮތަކުން ވެސް ވާދަވެރި ދެ ޤައުމުކަމަށް ވާއިރު، މީގެ ކުރިން އިންޑީއާ އިން އައީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވަރަށް ބޮޑަށް ޙަރަކާތްތެރި ވަމުންނެވެ. މަޑުމަޑުން އިންޑިއާ ކަނޑުގައި ރާއްޖެ ކައިރިން ޗައިނާގެ އުޅަނދެއް ދަތުރުކޮށްފައިވާއިރު، އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާ އަށް ބަރޯސާ މިންވަރު ކުޑަކުރަން މަސައްކަތް ކުރިނަމަވެސް، އަވަށްޓެރި ޤައުމަކާއި ދިމާ އިދިކޮޅަށް ނިކުމެ އެމީހުންގެ ހަތުރުންނަށް ވާގި ލިބޭގޮތަށް ފާޅުކަން ބޮޑުކޮށް ވާހަކަދެއްކުމަކީ ޑިޕްލޮމެސީ އާއި ބީރައްޓެހި އަދި އެހާމެ ނުރައްކާ ކަމެކެވެ.

ކަން މިހެން އޮތް އިރު، ރާއްޖޭގެ މަތީ ފެންވަރުގެ ވަފްދެއް މިހާރު އަންނަނީ އިންޑިއާގައި، އިންޑިއާ ސަރުކާރާއިއެކު މަޝްވަރާތަކެއް ކުރަމުންނެވެ ކުރަމުންާ މަޝްވަރާތަކުގައި އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ރާއްޖޭގެ ބޭއްވުމަށް ދެޤައުމަށް ވެސް މިހާރު އެއްބަސްވެވިފައިވާކަމަށް މަޢްލޫމާތު ލިބެއެވެ.

ޓެގްސް: އިންޑިއާ-ރާއްޖެ ގުޅުން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.