އައްޑޫގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއު

ހަބަރު

އައްޑޫސިޓީ، ޑެޕިއުޓީ މޭޔަރާއި ގުޅޭގޮތުން ދައުރުވަމުން ދަނީ ދޮގު ބަޔާނެއް

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 ފެބުރުއަރީ 2024 , ހުކުރު 23:33   1641

އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޝުޢާއުގެ ނަމުގައި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އާއި އެމްޑީޕީގެ ރައީސަށް، އަދި މީޑިއާތަކަށް ފޮނުވާފައިވާ ބަޔާނަކީ ފޭކް އެކައުންޓަކުން ފޮނުވާފައިވާ ބަޔާނެއްކަން ހާމަވެއްޖެެއެވެ.

ސީދާ ކޮންފަރާތްކުން ފޮނުވާފައިވާ ބަޔާނެއްކަން ކަށަވަރު ނުވިނަމަވެސް، ޝުޢާއު ވިދާޅުވީ އެއީ ޙާޤީގަތާއި ޚިލާފު ވާހަކަ ހިމެނޭގޮތަށް އޭނާގެ ނަމުގައި ތައްޔާރުކޮށްފައިވާ ބަޔާނެއްކަމަށެވެ.

"އޭގައި ހުރި ވާހަކަ ތަކަކީ އެއްވެސް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކާއި މުޚާތަބްކޮށް ދައްކާނެ ކަހަލަ ވާހަކަތަކެއް ނޫން" ޝުޢާއު ވިދާޅުވިއެވެ.

އައްޑޫގެ ޑެޕިއުޓީގެ މޭޔަރގެ އިތުރުން، ޝުޢާއު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށްޓަކައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ހިތަދޫ މެދު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާފައެވެ. ޝުޢާއިއެކު އިތުރު ތިން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއެވެ.

ޝުޢާއުގެ ނަމުގައި ފޮނުވާފައިވާ ބަޔާނުގައި ވާގޮތުން، ދެ ކެންޑިޑޭޓަކަށް މުޚާތަބުކޮށް މަސްތުވާތަކެތި ވިއްކުމާއި، ގޭންގު ވިޔަފާރިކުރުމުގެ ބޮޑެތި ތުހުމަތުތަކެއްކޮށް ޝަކުވާ އުފުލާފައިވެއެވެ.

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް އެމްޑީޕީ އެތެރޭގެ އިންތިޚާބު މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.