އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު އަދި މިހާރުގެ ރައީސް ސޯލިޙް

ހަބަރު

މަޖިލީސް 2024، އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ޕްރައިމަރީގައި ވޯޓުލާން ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ފެބުރުއަރީ 2024 , ހޮނިހިރު 10:26   377

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި، އިދިކޮޅު ދެ ޕާޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްގެ ވޯޓުލުން ފެށިއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީ

ޖުމްލަ 46 ދާއިރާއަކުން ވާދަވެރި ކެންޑިޑޭޓުން ނެތުމުން ޓިކެޓް ދީފައިވާއިރު، ހަތް ދާއިރާއަކަށް ކުރިމަތި ލާނެ އެއްވެސް ކެންޑިޑޭޓަކު ނުވިއެވެ. މިއަދުގެ ޕްރައިމަރީގައި 40 ދާއިރާއަކަށް 149 ވާދަކުރެއެވެ. 95 ރަށެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު އޭގެތެރޭގައި މާލޭގައި ބެހެއްޓުނު 27 ފޮށި ހިމެނެއެވެ. އެމްޑީޕީގެ 25،325 މީހަކަށް މި ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބެ އެވެ.

އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ އިން ވަނީ ޖުމްލަ 87 ދާއިރާގެ ތެރެއިން 65 ގޮނޑި ގެންގޮސް މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައެވެ.

ޑިމޮކްރެޓްސް ޕްރައިމަރީ

ވާދަކުރަން ހުޅުވާލި ފުރުޞަތުގައި ނަން ހުށަހަޅާފައިވަނީ 46 ދާއިރާއަކުންނެވެ. އޭގެތެރެއިން 41 ދާއިރާއަކަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ. އެހެންކަމުން ޕްރައިމަރީގައި ވާދަކުރަންޖެހުނީ 90 ދާއިރާގެ ތެރެއިން އެންމެ 4 ދާއިރާއަކަށެވެ. ވޯޓުލުން އޮންނާނީ ހެނދުނު 9 އިން ހަވީރު 4 އަށެވެ.

ވޯޓުފޮށި ބަހައްޓާފައިވަނީ، މާލޭގައި ހައުސް އޮފް ޑިމޮކްރެޓްސް (ހަރުގެ)، އަދި ހުޅުމާލޭގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް (ގޭޓް 3 - ގުލްޗަމްޕާ މަގު) ގައެވެ.

މަޖިލީސް އިންތިޚާބު

މިހާތަނަށް އިލެކްޝަންސް ކަމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވާފައިވަނީ އެންމެ ދެ ކެންޑިޑޭޓެއްކަމުގައި މަޢްލޫމާތު ލިބެއެވެ. ފޯމު ހުށަހެޅުމުގެ ސުން ގަޑި ހަމާވާނީ 14 ފެބްރުއަރީ ވާ ބުދަ ދުވަހު މެންދުރު 2.00 އަށެވެ. ޖުމްލަ 284،327 މީހަކަށް މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވެއެވެ.

މިފަހަރުގެ މަޖިލީސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޮޓޯ އާއި، ލޯގޯ ވޯޓު ކަރުދާހުގައި ޖަހާ ގޮތަށް، މިދިޔަ ހަފްތާ އީސީން ނިންމާފައިވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ ލޯގޯ އަކަށް ވާނީ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ޕާޓީއެއްގެ ލޯގޯ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. އަމިއްލަގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް، އީސީން ފާސްކޮށްފައިވާ، އެ ކެންޑިޑޭޓަކު ހުށަހަޅާ ލޯގޯ އެކެވެ.

ޓެގްސް: އެމްޑީޕީ އެތެރޭގެ އިންތިޚާބު ދަ ޑިމޮކްރެޓްސް މަޖިލީސް އިންތިޚާބު
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.